ޕްލެޓްއަށް ކުރިމަތިލި "ހުރިހާ" ނަރުހުން، ޑޮކްޓަރުން އަދި ޓީޗަރުންނަށް ޕްލެޓް ކަށަވަރުވެއްޖެ

09 Oct 2018 | 19:56

 "ހިޔާ" މަޝްރުއުގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކުގެ ލިސްޓު ގެޒެޓް ކުރަން ފަށާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަދި ފްލެޓަށް ކުރިމަތިލީ ހުރިހާ ޓީޗަރުންނާއި ނަރުހުން އަދި ޑޮކްޓަރުންނަށް ފްރެޓް ދޭން ވަނީ ނިންމާފައިކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން ނަރުހުންނާއި ޑޮކްޓަރުންގެ ކެޓަގަރީއަށް ފޯމް ހުށަހަޅާފައިވަނީ 299 މީހުންނެވެ. މި ބައިގާ 455 ފްލެޓް ދޫކުރުމަށް ވަނީ ހަމަ ޖެހިފައެވެ. ނަމަވެސް ކުރިމަތި ލީ ފަރާތްތައް މަދު ވުމުން ބާކީ ހުރި ފްލެޓް ވަނީ ޓީޗަރުންނާއި ސިވިލް ސާވަންޓުންގެ ކެޓަގަރީއަށް ބަހާލާފައެވެ.

އަދި ޓީޗަރުންގެ ކެޓަގަރީއަށް ހުޅުވާލެވިފައިވާ 625 ގެ ޖާގައަށް 735 ފޯމް ހުށަހަޅާފައިވެއެވެ. މި ކެޓަގަރީއަށް އިތުރުވި މީހުނަށް ފްލެޓަ ހަމަޖައްސާފައިވަނީ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީން ބާކީވި ފްލެޓްތަކުންނެވެ.

ޑރ. މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓު ލިބޭ މީހުންގެ ނަންތައް އިއުލާނު ކުރަމުން ދާނީ އެމީހުންނަށް ލިބުނު ޕޮއިންޓުތަކާއެކު ކަމަށެވެ. 

Advertisement

ކޮމެންޓް

Advertisement