މެންބަރު އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި

09 Oct 2018 | 18:43

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިނަށް ސުޕްރީމް ކޯޓަށް މާދަމާ 9:00 ގައި ހާޒިރުވުމަށް މިއަދު ޗިޓް ފޮނުވައިފި އެވެ.

އަލީ ހުސެއިން މިއަދު ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ، "ހީވަނީ އަނެއްކާވެސް ސަސްޕެންޑް ކުރަން އުޅޭހެން" ކަމަށެވެ.

އަލީ ހުސައިންއަށް ފޮނުވާފައިވާ ޗިޓްގައި ބުނެފައިވަނީ އޭނާ ހާޒިރުކުރަނީ އެ ކޯޓުގެ ބޭނުމަކަށް ކަމަށެވެ. އެއީ ކޮން މައްސަލައެއްގަ ކަމެއް ބުނެފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓުން މީގެކުރިން ވެސް އަލީ ހުސެއިން ސަސްޕެންޑް ކޮށްފައިވެ އެވެ.

Advertisement

ކޮމެންޓް