Advertisement

މަދަނީ ހައްގުތަކާއި ސިޔާސީ ހައްގުތައް ބޭނުންކުރުމުގެ އެއްވެސް ހުރަހެއް ރައީސް ނަޝީދަކަށް ނެތް: އެމްޑީޕީ

10 Oct 2018 | 11:56

ރައީސް ނަޝީދުއަށް ލިބިވަޑައިގަންނަވާ މަދަނީ ހައްގުތަކާއި ސިޔާސީ ހައްގުތައް ބޭނުންކުރުމުގެ އެއްވެސް ހުރަހެއް އިރާދަކުރެއްވިއްޔާ ނޯންނާނެކަމަށް އެމްޑީޕީ އިން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސްް ނަޝީދު އެކެން ނޮވެމްބަރުގައި ރާއްޖެ ވަޑައިގަންނަވާއިރު މަރުހަބާ ދެންނެވުމުގެ ކަންކަން ހަމަޖެހިފައިވާގޮތުގެ މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި އެމްޑީޕީ އިން ވިދާޅުވީ ރައީސް ނަޝީދު މާާލެ އަންނަ ތަނުން ކަރެކްޝަނުން ހައްޔަރުކޮށްގެން ގެންގޮސްދާނެކަމަށެވެ.

ނަމަވެސް ދިވެހި ހުރިހާ ރައްޔިތުންނާއި މުޅިޔެވެސް ގަބޫލުކުރާ ހަގީގަތަކީ ރައީސް ނަޝީދުގެ މައްޗަށް ކުރެވިފައިވަނީ ކަޑައެޅިގެން ގާނޫނާ ހިލާފް ހުކުމެއްކަމަށެވެ.

އެމްޑީޕީ އިން ޕާޓީއެއްގެ ހައިސިއްޔަތުން ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމުގެ ގޮތުން ކުރަންޖެހޭ ހުރިހާކަމެއްމިހާރުވެސް ދަނީ ކުރެވެމުން ކަމަށް ވިދާޅުވިއެވެ.

އަދި އެކެށް ނޮވެމްބަރ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ. ރަައީސް ނަޝީދު މިނިވަން ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރެވެމުން ދާކަމަށްވެސް ވިދާޅުވިއެވެ. އަދި ދައުލަތުގެ އެއްވެސް ފަރާތަކަށް ރައީސް ނަޝީދުގެ ހަށިކޮޅުގައި އަށް ނުލެވޭނެކަމުގައިވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ގެ މައްޗައްވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއްގައެވެ. އަދި މިހާތަނަށް ރާއްޖޭގެ އެއްވެސް ކޯޓަކުން މިކަން ބާތިލްކޮށްފައެއް ނުވެ އެވެ. އެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ބޭސްފަރުވާއަކަށް ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފޮނުވީ ސަރުކާރަށް އަންނަމުންދިޔަ ޕްރެޝަރުތަކާ ގުޅިގެންނެވެ. އޭގެފަހުން އެމަނިކުފާނު އެނބުރި ވަޑައިނުގަންނަވަ އެވެ. 

Advertisement

ކޮމެންޓް