ހިޔާ ފްލެޓް ލިސްޓް: މިހާތަނައް ގެޒެޓް ކުރެވުނީ ކެޓަގަރީ އެޗް-10 ، އެޗް 9

16 Oct 2018 | 10:14

ހައުސިންގ މިނިސްޓްރީ ގެ "ހިޔާ" މަޝްރުއުގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކުގެ ލިސްޓު ގެޒެޓް ކުރަން ފަށާފައިވާ ވާއިރު މިހާތަނަށް ގެޒެޓް ކުރެވިފައިވަނީ އެޗް 10 - ނުކުޅެދުންތެރިކަން ހުންނަަފަރާތްތަކުގެ ކެޓަގައީ އަދި އެޗް 9 މާލޭ ދަފްތަރުގައި ކެޓަގަރީގެ ލިސްޓް އެކަންޏެވެ.

މިއަދު ހައުސިންގ މިނިސްޓަރ ހާމަކުރެެއްވި ގޮތުގައި އެޗް 4 އަދި އެޗް 5 އަށް ފޯމް ލީ ހުރިހާ ފަރާތަކަށް ފްލެޓް ލިބިގެން ދާނެއެވެ. މިއީ ޑޮކްޓަރުން، ނަރުހުން އަދި ޓީޗަރުންގެ ކެޓަގަރީއެވެ.

އެގޮތުން ނަރުހުންނާއި ޑޮކްޓަރުންގެ ކެޓަގަރީއަށް ފޯމް ހުށަހަޅާފައިވަނީ 299 މީހުންނެވެ. މި ބައިގާ 455 ފްލެޓް ދޫކުރުމަށް ވަނީ ހަމަ ޖެހިފައެވެ. ނަމަވެސް ކުރިމަތި ލީ ފަރާތްތައް މަދު ވުމުން ބާކީ ހުރި ފްލެޓް ވަނީ ޓީޗަރުންނާއި ސިވިލް ސާވަންޓުންގެ ކެޓަގަރީއަށް ބަހާލާފައެވެ.

އަދި ޓީޗަރުންގެ ކެޓަގަރީއަށް ހުޅުވާލެވިފައިވާ 625 ގެ ޖާގައަށް 735 ފޯމް ހުށަހަޅާފައިވެއެވެ. މި ކެޓަގަރީއަށް އިތުރުވި މީހުނަށް ފްލެޓަ ހަމަޖައްސާފައިވަނީ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީން ބާކީވި ފްލެޓްތަކުންނެވެ.

ބާކީ ހުރި ކެޓަގަރީ ތަކުގެ ލިސްޓް ގެޒެޓް ކުރާ ވަރަކުން ވޮއިސް ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރަމުން ގެންދާނެއެވެ

ޑރ. މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓު ލިބޭ މީހުންގެ ނަންތައް އިއުލާނު ކުރަމުން ދާނީ އެމީހުންނަށް ލިބުނު ޕޮއިންޓުތަކާއެކު ކަމަށެވެ.  

Advertisement

ކޮމެންޓް