ހުޅުމާލެ ފޭސް 2އިން ދިރިއުޅުމަށް ދޫކުރާ ގޯއްޗަށް އެދި ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއި ޝަރުތުތައް

12 Oct 2018 | 10:57

ހުޅުމާލެ ދެވަނަ ފިޔަވަހިން އިން ގޯތި ވިއްކުމުގެ ހުއްދަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް ދިނުމާއެކު އަލުން ފޯމު ދޫކުރަން ފަށައިފިއެވެ.

ހުޅުމާލެއިން 1000 އަކަފޫޓުގެ 400 ގޯތި ދޫކުރަން ހަމަޖެހިފައިވަނީ 400،000 ރުފިޔާއަށެވެ. އަދި ޑައުން ޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމަށް ފަހު ބަކީ ފައިސާ 10 އަހަރު ތެރޭ ކޮންމެ މަހަކު ދައްކާ ހަލާސް ކުރެވޭނެއެވެ.

ފޯމު ހުށަހަޅާއިރު ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ފޯމާއެކު ހުށަހަޅަން ޖެހޭ އެހެނިހެއް ލިޔެ ކިޔުންތައް ހަމަ ކޮއްފައި އޮތުން ވަރަށް މުހިންމެވެ.

އެގޮތުން ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތަކަކީ:

1. ފޯމު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ

2. ފޯމު ހުށަހަޅާ ފާތުގެ މާލޭގެ ރަށްވެހިވެފައިވާ ގޭގެ ރަށްވެހިންގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ މާލެ މުނިސިޕަލްޓީގެ ދެފަރާތުގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމު ހުށަހެޅުމުން ހަވާލުކުރެވޭ މާލެ ދަފްތަރުގެ ވަގުތީ ލިޔުމުގެ ކޮޕީ

3. ކައިވެނީގެ ސެޓްފިކެޓުގެ ކޮޕީ (ވަރިވެފައިވާނަމަ ވަރީގެ ސެޓްފިކެޓުގެ ކޮޕީ، އަނބި/ފިރުމީހާ ނިޔާވެފައިވާނަމަ ނިޔާވިކަމުގެ ލިޔުން)

4. ތިމާގެ އަމިއްލަ ނަމުގައި މާލޭގައި ގޯއްޗެއް/ފުލެޓެއް/ރޯހައުސްއެއް ލިބުފައިވާނަމަ އަދި/ނުވަތަ އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ މާލޭގެ ގޯއްޗެއް/ފުލެޓެއް/ރޯހައުސްއެއްގެ މިލްކުވެރިޔަކު ކަމުގައިވާނަމަ އެ ތަނެއްގެ ރަޖިސްޓްރީ/މައްސަލަ ނިމުނު ގޮތުގެ ގަޒިއްޔާ/އެގްރީމެންޓް ކޮޕީ

5. ފޯމް ހުށަހަޅާ ފަރާތުގެ މަންމަ އަދި/ނުވަތަ ބައްޕައަށް މާލެއިން ގޯއްޗެއް ލިބުފައިވާނަމަ ގޯތީގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ މައްސަލަ ނިމުނުގޮތުގެ ގަޒިއްޔާ ނުވަތަ ފޯމު ހުށަހަޅާ ފަރާތުގެ މަންމަ އަދި/ނުވަތަ ބައްޕައަށް މާލެއިން ފުލެޓެއް/ރޯހައުސްއެއް ލިބުފައިވާނަމަ އެތަނެއްގެ އެގްރީމެންޓު ނުވަތަ ރަޖިސްޓްރީގެ ކޮޕީ

ފޯމާއެކު މި ލިޔެ ކިޔުން ތަކުގެ ތެރެއިން އެއްވެސް ލިޔުމެއް މަދުވާނަމަ ހައުސިންގ މިނިސްޓްރީއިން ފޯމް ބަލައެއް ނުގަންނާނެއެވެ. މީގެ އިތުރުން ގޯއްޗަށް ހުށަހަޅާއިރު ސަމާލުވާން ޖެހޭ އަނެއްކަމަކީ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމެވެ. 

ހުޅުމާލެ ފޭސް 2 ގެ 1000 އަކަފޫޓޫގެ ގޯއްޗައް ޝަރުތު ހަމަވާނީ:

1. ދިވެހި ރައްޔިތުންނަށް

2. 18 އަހަރު ފުރިފަ ހުރި މީހުނަށް

3. ފޯމު ހުށަހަޅާ ތާރީހުގައި ކައިވެންޏެއްކޮށްގެން އުޅޭ ފަރާތަކަށްވުން ނުވަތަ ފޯމު ހަށަހަޅާ ތާރީހުގައި ވަރިވެފައިވާ ފަރާތެއްނަމަ ފުލެޓަށް އެދޭ ފަރާތުގެ ދަރިއަކު ހުރުން ނުވަތަ އެއް ދަރިއަށް ވުރެ ގިނަ ދަރިން ބަލަމުންދާ ފަރާތަކަށްވުން ނުވަތަ ފޯމު ހުށަހަޅާ ތާރީހުގައި އަނބި/ފިރިމީހާ ނިޔާވެފައިވާ ފަރާތެއްނަމަ ގޯއްޗަށް އެދޭ ފަރާތުގެ ދަރިއަކު ހުރުން ނުވަތަ އެއް ދަރިއަށްވުރެ ގިނަ ދަރިން ބަލަމުންދާ ފަރާތަކަށްވުން

4. މާލޭގެ ރަށްވެއްސަކަށްވުން ނުވަތަ މާލޭގެ މުނިސިޕަލިޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށްވުން ނުވަތަ މާލޭގެ މުނިސިޕަލިޓީގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ފޯމު ހުށަހަޅައި މާލެ ދަފްތަރުގެ ވަގުތީ ލިޔުން ހަވާލުކުރެވިފައިވާ ފަރާތަކަށް

5. މާލެއިން 600 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑު ގޯއްޗެއް/ފުލެޓެއް/ރޯހައުސްއެއް ލިބިފައިނުވުން އަދި އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ގޯއްޗަކުން 600 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑު ބައެއް ލިބިފައިނުވުން އަދި 600 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑު ފުލެޓެއް ގަނެވިއްކުމުގެ އެއްބަސްވުމެއްގައި އެއްވެސް ފަރާތަކާއެކު ސޮއިކުށްފައިނުވުން

6. ތިމާގެ މަންމަ ނުވަތަ/އަދި ބައްޕައަށް މާލެއިން ގޯއްޗެއް/ފުލެޓެއް/ރޯހައުސްއެއް ލިބިފައިވާނަމަ އެތަނެއް މަންމަ/ބައްޕަގެ ދަރިންގެ މެދުގައި ބަހާލުމުން ތިމާއަށް ލިބޭބައި 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ނުވުން

7. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ބޯހިޔާވަހިކަމެއް ލިބިފައިނުވާ މީހުންނަށެވެ.

މި ގޯތިތަކަށް ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓު ދިނުމަށް ހަމަޖެހިފައިވަނީ ހުރިހާ ޝަރުތެއް ހަމަވާ ފަރާތްތަކަށް ޖުމްލަ 100 ލިބޭ ގޮތަށެވެ. އަދި މި 400 ގޯތިތައް ލިބޭނީ ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކެއްގެ މެދުގައި ނެގޭ ގުރުއަތުންނެވެ.

ފޯމު ބަލައިގަތުން އޮންނާނީ 8 އޮކްޓޫބަރުން ފެށިގެން 14 އޮކްޓޫބަރުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އަކުން މެންދުރު 14:00، ހަވީރު 16:00 އުން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށް ހައުސިންގ މިނިސްޓްރީގެ ކައުންޓަރުންނެވެ. 

Advertisement

ކޮމެންޓް

Advertisement