Advertisement

ރައީސް ޞާލިހް މުޅި ރާއްޖޭގެ ކަރަންޓުގެ އަގުހެޔޮކޮށް ރައްޔިތުން ހިނިތުންކޮށްލައިފި

28 Mar 2019 | 23:44

މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ފޯރުކޮށްދެމުންދާ ކަރަންޓްގެ އަގުހެޔޮކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ ސަރުކާރަށް ސަތޭކަ ދުވަސް ފުރުން ފާހަގަކުުރުމަށް މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކަރަންޓްގެ އަގު ހެޔޮކޮށްފައިވަނީ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި މާލެ އާއި ރަށްރަށާ ހުރި ފަރަގު ނައްތާލުމުގެ ސިޔާސަތުގެ ދަށުން ކަމަށެެވެ. އަދި އެއީ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށް ދިނުމަށް ގެނައި ހެޔޮ ބަދަލެއްގެ ގޮތުގައިވެސް ރައީސް ސޯލިހު ސިފަކުރެއްވިއެވެ.

އަދި މިކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވާނެކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

"މި ބަދަލު ގެނައުމުން ރަށްރަށުގެ ގޭބިސީތަކުގެ ކަރަންޓުގެ ބިލަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ، އެގޮތުން މިސާލަކަށް ގޭބިސީއަކުން ކަރަންޓު ބިލަށް 2،200 ރުފިޔާ ހޭދަ ކުރާނަމަ ދެން ދައްކަން ޖެހެނީ ގާތްގަނޑަކަށް 1،100 ރުފިޔާ،" ރައީސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް