ހައިކޯޓުން ރައީސް ޔާމީން ދޫކޮށްލުމަށް އަމުރުކޮށްފި

08 Apr 2019 | 00:51

މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުގައި ބެހެއްޓުުމުގެ އަމުރު ހައިކޯޓުން ބާތިލްކޮށްފިއެވެ.

ހައިކޯޓުން އެމަނިކުފާނު ދޫކޮށްލުމަށް އަމުރުކުރި އިރު، ރައީސް ޔާމީންގެ ބަލިހާލުކޮޅުގެ ސަބަބުންް އެމަނިކުފާާނު ހުންނެވީ ގޭބަންދުގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމަނިކުފާނުގެ ބަންދުގެ އިސްތިއުނާފީ ޝަރީއަތް މިއަދު ހިންގާާފައިވަނީ އެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗް ކުއްލިގޮތަކަށް ބަދަލުކުރުމަށް ފަހުގައެވެ. އެގޮތުން ކުރިން މައްސަލަ ބެއްލެވީ ގާޒީ ހުސެން ޝަހީދު އާއި އަބްދުއްރައޫފު އިބްރާހިމް އަދި ގާޒީ ހަސަން އަލީ ރިޔާސަތުގައި އިންނަވައިގެންނެވެ.

ނަމަވެސް މިއަދު ވަނީ ރައޫފްގެ ބަދަލުގައި ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ބެންޗަށް ހަމަޖައްސައިފަ އެވެ.

ރައީސް ޔާމީން ހައްޔަރުކޮށްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެދުމުގެ މަތިން ނެރެފައިވާ އަމުރެއްގެ ދަށުންނެވެ.

އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލިފައިވާ މަނީ ލޯންޑަރިންގްގެ މައްސަލައާއި ގުޅިގެން، ހެކިންގެ މައްޗަށް ނުފޫޒު ފޯރުވަފާނެކަމުގެ ތުހުމަތުގައެވެ. ރައީސް ޔާމީން ހައްޔަރުކޮށްފައިވަނީ ޝަރީއަތް ނިމެންދެންނެވެ.

Advertisement

ކޮމެންޓް

Advertisement