ވޯޓު ފޮށިތަކާއި ވޯޓު ކަރުދާސް ރަށްތަކަށް ފޮނުވަން ފަށައިފި

30 Mar 2019 | 06:04

އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޭނުންކުރާ ވޯޓު ފޮށިތަކާއި ވޯޓު ކަރުދާސް އަތޮޅު ތެރޭގެ ރަށްތަކަށް ފޮނުވަން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް މީޑިޔާ އަކަށް މައުލޫމަތު ދެމުން ވިދާޅުވި ވޯޓު ކަރުދާހާއި ވޯޓުފޮށީގެ އިތުރުން ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ އެހެން ސާމާނު ވެސް އަތޮޅު ތެރޭގެ ރަށްތަކަށް ފޮނުވަމުން ގެންދާ ކަމަށެވެ.

އިލެކްޝަންސް އިން ވޯޓު ފޮށިތަކާއި ވޯޓު ކަރުދާސް ފޮނުވަމުން ގެންދަނީ އެ ކޮމިޝަނުގެ އޮފިޝަލެއްގެ އިތުރުން ފުލުހެއްގެ ހަވާލުގައެވެ. އަކްރަމް ވިދާޅުވި ގޮތުގައި އިލެކްޝަންސް އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ރަށަކަށް ވެސް ވޯޓުކަރުދާހާއި ވޯޓުފޮށި ފޮނުވައި ނިންމުމަކީ އެ ކޮމިޝަނުގެ އަމާޒެއް ކަމަށެވެ.

264589 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ މަޖިލިސް އިންތިހާބަށް ޖުމްލަ 501 ވޯޓު ފޮއްޓޭއް ބަހައްޓައެވެ.

މަޖިިލިސް އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކާއި ވޯޓާއި ގުޅޭ ކަންކަން ހިނގާ ތަންތަނުގެ ސަލާމަތީ ކަންތައް ބަލަހައްޓާނީ ފުލުހުންނެވެ. 

Advertisement

ކޮމެންޓް