Advertisement

ޕްރިޔަންކާ އާއި ނިކު ވަރިވަނީ ބާ؟

30 Mar 2019 | 19:41

ޕްރިޔަންކާ އަދި ނިކް ޖޯނަސްގެ ކައިވެންޏަކީ އެކައިވެންޏެއްގެ ވާހަކަ މުޅި ދުނިޔޭގައި ނޫސްތަކުގައި ވެސް ދެކެވުނު ވާހަކަ ތަކެކެވެ. އެކައިވެނީގެ ހުރިހަ ކަމަކަށް ވެސް މީޑިއާގެ ނަޒަރު ހިންގިއިރު މިހާރު މީޑިއާގައި ދެކެވެމުންދަނީ މިދެމީހުންގެ ކައިވެނި ރޫޅާލަން އުޅޭކަމުގެ ވާހަކަތަކެވެ.

"އޯކޭ" މެގަޒިންގައި ރިޕޯޓްކޮށްފައިވާ ގޮތުން ކިތައްމެ ލޯބިން ކައިވެނި ކުރި ނަމަވެސް މިދެމީހުން މިހާރު އެކުގައި އުޅެން ބޭނުން ނުވެއެވެ. އެގޮތުން ދެމީހުން ކޮންމެ ކަމެއްގައި މިހާރު ޒުވާބު ކުރާ ކަމަށާއި އޭގެ ތެރޭގައި، ޕާޓީ ކުރުމާއި، އެކުގައި ވަގުތު ހޭދަކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް ބުނެފައިވެއެވެ. އަދި ނިކް އާއި ޕްރިޔަންކާގެ ކައިވެންޏަކީ އަވަސް އަރުވާލައިގެން ކުރި ކަމެއް ކަމަށާއި، އެދެމީހުންނަށް މިހާރު ފެންނަމުން ދަނީ އޭގެ ނަތީޖާ ކަމަށް އެނޫހުގައި ބުނެފައިވެއެވެ.

ޖޯނަސް އާއިލާއި ގާތްގުޅުމެއް އޮންނަ މީހަކާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ ނިކް ފުރަތަމަ ހީކުރެވިފައިވަނީ "ކޫލް އެންޑް އީޒީގޮއިން" މީހެއް ކަމަށެވެ. ނަމަވެސް ޕްރިޔަންކާއަކީ އެފަދަ މީހެއް ނޫން ކަމަށާއި އޭނައަކީ ރުޅިގަދަ މީހެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި އެކަންކަން ކައިވެނީގެ ކުރިން ނިކްއަށް ނޭގޭކަމަށާއި، އެހެން ކަމުން ނިކްގެ އާއިލާއިން ބޭނުންވަނީ ވީހާވެސް އަވަހަކަށް ނިކް ޕްރިޔަންކާއާއި ދުރަށް ދިއުމަށް ކަމަށްވެސް އެނޫހުން ބުނެފައިވެއެވެ. އެއީ ކައިވެނިކޮށް ކުދިން ހޯދަން ބޭނުންވާ ޕްރިޔަންކާގެ އަމަލުތައް ހުންނަނީ އެކާވީސް އަހަރުގެ ކުއްޖަކާއި އެއްފަދައިން ކަމުގައިވާތީ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

މިވާހަކަތަކަށް ރައްދު ދެމުން ޕްރިޔަންކާގެ ފަރާތުން ބުނެފައިވަނީ ޕްރިޔަންކާއާއި ނިކް ވަރިވާން އުޅޭ ބުނެ ކަމަށް ދެކެވެނީ ދޮގުވާހަކަތަކެއް ކަމަށެވެ. އަދި އަލަށް ކައިވެނި ކޮށްގެން އުޅޭ އެދެމަފިރިން އުޅެނީ ވަރަށް ލޯބިން ކަމުގައިވެސް ޕްރިޔަންކާގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނެފައިވެއެވެ.

Advertisement

ކޮމެންޓް