Advertisement

ކޮމިޝަނަރ އޮފް ޕްރިޒަންސް މުނާޒް އެޗްއާރްސީއެމަށް ހާޒިރުކުރަނީ

30 Mar 2019 | 13:46

އެޗްއާރްސީއެމްއިން ބަލަމުންގެންދާ މައްސަލައަކާއި ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް، އަބްދުﷲ މުނާޒް އެ ކޮމިޝަނަށް ހާޒިރުވުމަށް އަންގައިފިއެވެ.

މުނާޒްއަށް ހާޒިރުވުމަށް އަންގާފައިވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ 11:00 އަށެވެ.

މުނާޒަށް އެއްވެސް ސަބަބަކާހުރެ އެ ގަޑިއަށް ހާޒިރު ނުވެވޭނަމަ 30 މިނެޓު ކުރިން އެކަން އެންގުމަށް ވެސް އެޗްއާރްސީއެމްއިން ވަނީ އަންގާފައެވެ

އެޗްއާރުސީއެމްއަށް މުނާޒް ހާޒިރުކުރަނީ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކަކާއި ގުޅިގެން ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. ނަަމަވެސް އެއީ ސީދާ ކޮން މައްސަލަތަކެއްކަން އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ.

Advertisement

ކޮމެންޓް