Advertisement

"ޕަންގާ"އަށް ކަންގްނާ ކަަބައްޑީ ދަސްކުރަނީ

31 Mar 2019 | 08:19

"ޕަންގާ"އަށް ކަންގްނާ ކަބައްޑީ ދަސްކުރަން ފަށައިފިއެވެ.

ކަންގްނާ އަކީ އޭނާގެ ފިލްމުތަކަށް އަބަދުވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ތަރިއެކެވެ. އެގޮތުން އާ ހުނަރުތައް ދަސްކުރުމާއި، އާ ބަހުރުވަ ދަސްކުރުމުގެ އޭނާގެ ލުކްސް ބަދަލުކުރަން ޖެހިއްޖެނަމަ އެކަމަށް އޭނާ ފަހަތައް ޖެހިފައި ނުވެއެވެ.

އޭނާގެ އެންމެ ފަހު މަނީކަރްނިކާއަށް ފަހު މިހާރު އޭނާ މަސައްކަތް ކުރަމުން އަންނަނީ " ފަންގާ" ގެ މަސައްކަތް ވީހާވެސް އަވަހަށް ފެއްޓުމަށެވެ. އެގޮތުން އެފިލްމަށް ތައްޔާރުވުމުގެ ގޮތުން އޭނާ ކަބައްޑި ދަސްކުރަން ހުއްޓާ ނަގާފައިވާ ފޮޓޯއެއް ވަނީ އާއްމުވެފައެވެ. އެފިލްމުގައި އޭނާ ފެނިގެންދާނީ ޕްރޮފެޝަނަލް ކަބައްޑީ ކުޅުންތެރިއެއްގެ ގޮތުގައެވެ. އެފިލްމުގައި ކަބައްޑީ ކުޅުންތެރިއެއްގެ ރޯލު އަދާކުރުމަށް ކަންގްނާ ދިހަ ކިލޯ ބަރުވެފައިވާ ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

މިފިލްމަކީ މުޅި އާއިލާއާއެކު ބަލާލެވޭނެ އާއިލީ އެކިކަހަލަ މައްސަލަ ތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއްކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement