Advertisement

އޮންލައިން ސްޓޯރއެއް ރެއިންބޯއިން ލޯންޗުކޮށްފި

10 Oct 2018 | 14:08

ރެއިންބޯގެ 28 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ރެއިންބޯއިން އޮންލައިން ސްޓޯރއެއް ލޯންޗުކޮށްފިއެވެ.

މި އޮންލައިން ސްޓޯރ ލޯންޗުކޮށްދެއްވީ ރެއިންބޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަފީގެވެ.

އޮންލައިން ސްޓޯރ މެދުވެރިކޮށް ރެއިންބޯގެ ފިހާރަތަކުން ލިބެންހުރި ތަކެތީގެ މުހިންމު ތަފްސީލުތައް ލިބެން ހުންނާނެކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ސްޓޯރ މެދުވެރިކޮށް ގަންނަ މުދާ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވާ ކޮށްދެވޭނެ ކަމަށްވެސް ރެއިންބޯއިން ބުނެއެވެ.  

ރެއިންބޯއިން ވަނީ އެ ކުންފުނީގެ 28 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ ގޮތަށް ޕްރޮމޯޝަނެއްވެސް ފަށާފައެވެ.

Advertisement

ކޮމެންޓް