ހެލްމެޓް ނާޅާ ދުއްވާނަމަ މިރޭ 12އިން ފެށިގެން ފިޔަވަޅު އަޅަނީ

31 Mar 2019 | 22:39

ހެލްމެޓް ނާޅައި ބްރިޖާއި ހައިވޭގައި ދުއްވާ މީހުންނަށް މިރޭ 12:00 އިން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މިރޭ މެންދަމު ބާރައިން ފެށިގެން ބުރިޖާއި ހައިވޭގައި ދުއްވާއިރު ހެލްމެޓް ނާާޅާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ބުރިޖާއި ހައިވޭގައި ދުއްވާއިރު ހެލްމެޓް ހަޅަން މަޖުބޫރުކޮށްފައިވަނީ މިމަހުގެ ދިހަވަނަ ދުވަހުން ފެށިގެންނެވެ. އެދުވަހުން ފެށިގެން ފުލުހުން ވަނީ ބްރިޖާއި ހައިވޭގައި ޕެޓްރޯލިން އިތުރުކޮށްފައެވެ. ފުލުހުން ބުނެފައިވަނީ މިމަހުގެ ދިހަވަނަ ދުވަހުން ފެށިގެން އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމާއި ބެހޭ ގަވާއިދަށް ގެނައިްނ އިސްލާހާއި ޚިލާފުވާ ފަރާތްތަކާއި މެދު މިރޭ މެންދަމު ބާރައިން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށެވެ. އެގަވާއިދުގެ ދަށުން ހެލްމެޓް ނާޅާ ބްރިޖާއި ހައިވޭގައި ދުއްވާނަމަ ފުރަތަމަ ފަަހަރަށް ޖޫރިމަނާ ކުރާނީ 500 ރުފިޔާއިންނެވެ. އަދި ދެވަނަ ފަހަރަށް 750 ރުފިޔާއަށް ޖޫރީމަނާ ކުރާއިރު ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

އަދި ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް ދުއްވައިގެން މީހަކަށް ގެއްލުމެއް ވެއްޖެނަމަ، އެމީހަކަށް ބަދަލު ދިނުމުގެ އިތުރުން 10 އަހަރު ދުވަހަށް ލައިސެންސް ހިފަހައްޓާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައި ވެއެވެ. މީގެ އިތުރުން މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުންވާގޮތަށް ދުއްވައިފިނަމަ އެއް އަހަރު ނުވަތަ ދެއަހަރު ދުވަހަށް ލައިސެންސް ހިފަހައްޓާނެ ކަމަށެވެ. އަދި އެގަވާއިދުގައި ކަނޑައަޅާފައިނުވާ ކަމަކާވެސް ހިލާފްވެއްޖެނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ލިބިގެންވާ ކަމަށް ގަވާއިދުގައި ވެއެވެ.

ބްރިޖާއި ހައިވޭގައި ހެލްމެޓް ހަޅަން މަޖުބޫރު ކޮށްފައިވަނީ ހައިވޭއާއި ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ ގިނަ ބަޔަަކަށް އަނިޔާވަމުން ދިއުމާއި ގުޅިގެންނެވެ. އަދި ބްރިޖާއި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓް ހިނގުމުގެ އިތުރުން މާލެއާއި، ރާއްޖޭގެ އެކި ރަށްތަކުގައި ނުރައްކާތެރި އެކްސިޓެންޓްތައް އިތުރުވުމާއި ގުޅިގެން މަގުމަތީގެ ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

Advertisement

ކޮމެންޓް