Advertisement

''ތޫފާނެއްގެ ކުރިން އޮންނާނީ އަމާންކަމެއްނޫންހޭ މަ އޭރުވެސް ބުނީމެއްނުންހޭ'' މެންބަރު ޔާމީން ރަޝީދު

11 Oct 2018 | 07:44

ތޫފާނެއްގެ ކުރިން އޮންނާނީ އަމާންކަމެއްނޫންހޭ މަ އޭރުވެސް ބުނީމެއްނޫންހޭ ވިދާޅުވެ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ޓްވީޓެއް ކުރައްވައިފިއެވެ.

މެންބަރު ޔާމީން މިހެން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބާއި ގުޅޭ ދުސްތޫރީ މައްސަލައެއް ރައީސް ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިތާ މާގިނައިރު ތަކެއް ނުވަނީހެވެ.

މެންބަރު ޔާމީނަކީ މިފަހަރުގެ ރިޔަސީ އިންތިހާބަށް ނުކުތް ޕީޕީއެމްގެ ކެންޕެއިން ޓީމުގެ އެންމެ ކުރީ ސަފުން ފެނުނު އެއްބޭފުޅެވެ. އެގޮތުން ކެމްޕްއިން ތެރޭގައި އުޅުއްވަމުން އިދިކޮޅު ފަރާތްތަކަށާއި އިދިކޮޅު ފަރާތްތަކުގެ ސަޕޯޓަރުންނަށް ހޫނު ބަހުގެ ހަމަލާތަކެއް ޔަމީން ވަނީ ދެއްވާފައެވެ އަދި އިދި ކޮޅު ސަޕޯޓަރުންގެ ފާޑު ކިއުންތަށް ޔާމީން އަށް ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް އަމާޒުވެފައެވެ.  

Advertisement

ކޮމެންޓް