ހަވީރު 6 ޖެހުމާއި ހަމައަށް ވޯޓުލުން ކުރިއަށް ގެންދަން ނިންމައިފި

06 Apr 2019 | 15:56

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން މިއަދު ހަވީރު 6 ޖެހުމާއި ހަމައަށް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި މިގޮތަށް ނިންމާފައި ވަނީ މި ދުވަސްވަރު މޫސުންހުރި ގޮތުން ހޫނުގަދަވުމުގެ ސަބަބުން ވޯޓުލާން އަންނަ މީހުން މަދުވެދާނެތީ ކަމަށެވެ.

އިލެކްޝަންސް އިން މިހެން ބުނިއިރު މަޖިލިސް އިންތިޚާބުގައި މިހާތަނަށް ވޯޓު ލާން ނިކުމެފައިވަނީ ނިސްބަތުން މަދު ބައެކެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ތަފްސީލް ތަކަށް ބަލާއިރު މެންދުރު ދޭއް ޖެހުމާ ހަމައަށް ވޯޓުލީ 140،000 މީހުންނެވެ. މިއީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށް ބަލާއިރު ނިސްބަތުން މަދު އަދަދެކެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދް ޝަރީފް ވިދާޅުވި ގޮތުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުވީ ހޫނުގަދަވުމުގެ ސަބަބުން ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.

މިއަދަކީ ރާއްޖެއަށް ވަރަށް ހޫނު ދުވަހެކެވެ. 

Advertisement

ކޮމެންޓް