ޗެނަލް 13 ގެ މައްސަލަ ހިފައިގެން އީސީ އިން ބްރޮޑްކާސްޓިން ކޮމިޝަނަށް

11 Oct 2018 | 00:09

ޗެނަލް 13 އިން އިލެކްޝަން ކޮމިޝަންގެ މެންބަރުން ވޯޓް އޮޅުވާލި ކަމަށް ބުނެ ސާބިތު ހުހިފޭ ތުހުމަތުތަކެއް ކުރަމުންދާތީ އެކަން އީސީ އިން ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އީސީގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފައްދާ މެންބަރުންގެ އަބުރަށް ހުތުރުވާ ގޮތަށް ޗެނަލް 13 އިން ސާބިތު ނުހިފޭ ވާހަކަތަށް ގެނެސްދެމުން ދާތީ އެމައްސަލަ ބްރޮޑްކާސްޓިން ކޮމިޝަނަށް މިއަދު ހުށައަޅާފައި ވާނެ ކަމަށް އީސީ އިން މައުލޫމާތުދެއެވެ.

ޕީޕީއެމްގެ އިސްވެރިން އިސްނަންގަވައިގެން ނިމިގެންދިޔަ ރިޔާސީ އިންތިހާބްގެވޯޓް އޮޅުވާލިކަމަށް ބުނެ ކޮންމެރެއަކު ކުރިޔަށްގެންދާ މުޒާހަރާ ތަކުގައި އީސީގެ މެންބަރުންގެ އަބުރުފުޅަށް ހުތުރުވާހެން ވަގުތުހުމަތުތަކެއްދަނީ އަޅުވަމުންނެވެ. 

 މި މުޒާހަރާތަށް ޗެނަލް 13 އިން ލައިވްކޮށް ގެނެސްދިނުމުގެ އިތުރުން އޮޅުވާލި ވޯޓްގެ ނަމުގައި އެ ސްޓޭޝަނުން ހާއްސަ ކަވަރޭޖެއް ވެސް އަންނަނީ ގެނެސްދެމުން އެވެ.

މީގެކުރިންބްރޮޑްކާސްޓިން ކޮމިޝަނުން ވަނީ އެކިފަހަރުމަތިން ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް ހުތުރުވާގޮތަށް އެކިއެއްޗެހި ފޮނުވިކަމަށް ބުނެ ރާއްޖެޓީވީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ.

އެއްވެސް މީހެއްގެ އަބުރަށް ހުތުރުވާ ގޮތަށް ސާބިތު ނުހިފޭ ކޮންޓެންޓް ބްރޮޑްކާސްޓްކޮށްފި ނަމަ، އެ މައްސަލަ ބަލައި ހިޔާލުފާޅު ކުރުމާއި އަނބުރު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ބޮޑެތި އަދަދުތަކުން ސްޓޭޝަން ޖޫރިމަނާ ކުރުމުގެ ހައްގު ބްރޮޑްކާސްޓިން ކޮމިޝަނަށް ލިބިފައިވެއެވެ.

Advertisement

ކޮމެންޓް