އެމްޑީީޕީން މޮޅުވީ ފައިސާ ބަހައިގެން: ގާސިމް

07 Apr 2019 | 15:13

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދީ ފައިސާ ބަހައިގެންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ތުހުމަތުކުރައްވައިފިއެވެ.

ގާސިމް މިހެން ވިދާޅުވީ ވަޓްސްއެޕް ގްރޫޕެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ޖޭޕީ މި އިންތިޚާބުގައި ބަލިވީ ވަގުންނާއި ބައިއަތު ހިފުމުންކަމަށް ބުނާނެކަމެއް ނެތްކަމަށާއި އެހެން ބުނާ ފަރާތްތަކުން ކެނޑިޑޭޓުންގެ ކެމްޕެއިނަށް ކަމެއް ކޮށްދެއްވިތޯ ސުވާލު އުފައްދަވާފައެވެ.

ގާސިމް ވަނީ އިންތިޚާބަށް ދެ ދުވަހަށް ވެފައިވަނިކޮށް އެމްޑީޕީން، އުޑުން ވާރޭ ވެހޭ ގޮތަށް ފައިސާ އަޅާލި ކަމަށް ތުހުމަތު ކުރައްވާފައެވެ.

އެމަނިކުފާނު އިތުރަށްވަނީ އެމްޑީޕީން ލާރި ބަހަމުން ދިޔައިރުވެސް ޖޭޕީ ބޭފުޅުން ތިއްބެވީ ޕާޓީއަށާއި ގާސިމަށް ބަވަން ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު މާ އަޑުގަދަ ކުރެއްވުމުގެ ބޭނުމެއް ނެތް ކަމަށާއި އެބޭފުޅަކަށް ފެންނަ ގޮތަކަށް ކަން ކޮށްލެއްވުމަށް ގާސިމް ވަނީ އެދިފައެެވެ.

މި އިންތިޚާބުގައި ޖޭޕީއަށް ލިބުނީ އެންމެ ހަ ގޮނޑިއެވެ.

Advertisement

ކޮމެންޓް