މި އިންތިޚާބުން ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވެގެންދާނެކަމަށް އުންމީދުކުރަން: ޖަޕާން

07 Apr 2019 | 17:22

އިއްޔެ ބޭއްވިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި އެކު ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވެގެންދާނެކަމަށް އުންމީދުކުރާ ކަމަށް ޖަޕާނުގެ ސަރުކާރުން ބުނެފިއެވެ.

އެގައުމުން މިހެން ބުނެފައިވަނީ ޖަޕާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އިއްޔެގެ އިންތިޚާބު އޮބްޒާވްކުރުމަށް ޖަޕާނުގެ ސަރުކާރުގެ އަށް މެންބަރުންގެ ވަފުދެއް ހަރަކާތްތެރިވި ކަމަށެވެ. އެ ވަފްދުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އެގައުމުގެ ޕާލިމެންޓްރީ ވައިސް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް، ނޮރިޒާކޫ ސުޒުކީއެވެ.

މި ވަފްދުން ވަނީ ވޯޓުލުން ކުރިއަށްދިޔަ ބައެއް މަރުކަޒުތަކަށް ޒިޔާރަތްކޮށްފައިކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. މި އިންތިޚާބަކީ ދެފުށް ފެންނަ އަމާން އޮމާން އިންތިޚާބެއްގެ ގޮތުގައި ޖަޕާނުން ވަނީ ސިފަކޮށްފައެވެ.

މި ބަޔާން ނިންމާލަމުން އެފަރާތުން ވަނީ މިއިންތިޚާބުން ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުންމީދުކުރާ ކަމަށް ބުނެފައެވެ. އަދި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ދެގައުމުން ގުޅިގެން މަސައްކަތް ކުރަން އެދޭކަމަށްވެސް ބުނެފައެވެ. 

Advertisement

ކޮމެންޓް

Advertisement