Advertisement

އަދާލަތް ޕާޓީގެ ސަތިރީސް އަންތަރީހަށް!

07 Apr 2019 | 20:03

އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަންއިން އިންތިހާބުގައި ވާދަކުރި އަދާލަތް ޕާޓީއަށް އެއްވެސް ގޮނޑިއެއް ވަނީ ކާމިޔާބު ނުކުރެވިފައެވެ.

ސަތިރީސް ނަމުގައި އަދާލަތުން މަޖިލިސް އިންތިހަބަށް ވަނީ މީގެ ކުރިއާއި ހިލާފަށް ބުރަ މަސައްކަތެއްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީއާއެކު ނިކުތް އަދާލަތު ޕާޓީއަށް އެއްވެސް ގޮނޑިއެއް ލިބިފައި ނުވާއިރު އެމްޑީޕީން ވަނީ އިންތިޚާބުގެ ސުޕަރ މެޖޯރިޓީ ހާސިލްކޮށްފައެވެ.

އަދާލަތު ޕާޓީން ނުވަ ދާއިރާއަށް ވާދަކުރައްވިއިރު، އެދާއިރާގެ ގޮނޑި އެޕާޓީއަށް ކާމިޔާބުކުރުމަށް އެމްޑީޕީގެ އެހީތެރިކަން ލިބޭނެ ކަމަށް ބެލެވުނެވެ. ނަމަވެސް އަދާލަތުން ވާދަކުރި ގިނަ ދާއިރާ ތަކުގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ. އެގޮތުން އަނާރާ ނައީމް ވާދަކުރެއްވި ގޮނޑިވެސް ކާމިޔާބުކޮށްފައިވަނީ އެދާއިރާއަށް ވާދަކުރި އެމްޑީޕީގެ ކެނޑިޑޭޓެއެވެ.

އަދާލަތު ޕާޓީން މަހިބަދޫދާއިރާއަށް ވާދަކުރެއްވި އިރު އެދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ މިހާރުވެސް އެ ގޮނޑި ފުރުއްވަމުން އަންނަ އަހުމަދު ތޯރިގު އެވެ.

ވަގުތީ ނަތީޖާ މިހާރު ދައްކާގޮތުން އަދާލަތު ޕާޓީއަށް އަދި އެއްވެސް ގޮނޑިއެއް ލިބިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް

Advertisement