ތިލަދުންމައްޗަށް ލޯބިޖެހުމަކީ ބޮޑު ނަސީބެއް: ޘަގީފް

08 Apr 2019 | 10:16

ތިލަދުންމައްޗަށް ލޯބިޖެހުމަކީ ނަސީބެއްކަމަށް އިއްޔެ އޮތް މަޖިލިސް އިންތިޚާބުގައި ވައިކަރަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ބަލިވެ ވަޑައިގަތް ހުސައިން ޘަގީފް އިހުސާން ވިދާޅުވެއްޖެއެވެ.

ޘަގީފް މިހެން ވިދާޅުވީ ފޭސްބުކްގައި އާންމުކުރެއްވި ޕޯސްޓެއްގައެވެ.

އެބޭފުޅާ ވިދާޅުވީ އިންތިޚާބުން ބަލިވިޔަސް ކުރެވުނު ކެމްޕެއިނާއި މެދު ފަޚުރުވެރިވާ ކަމަށާއި ތިލަދުންމަތީ ފިކުރުގެ ކެނޑިޑޭޓަކަށްވުމަކީ ހަޔާތުގައި ލިބުނު އެންމެ ބޮޑު ނަސީބު ކަމަށެވެ.

ޘަގީފް ވިދާޅުވީ ތިލަދުންމަތީގެ ފިކުރަކީ އެންމެ އިންތިޚާބަކަށް އެންމެ ކެނޑިޑޭޓަކު ނެރުމަށް ކުރެވުނު ކެމްޕެއިންއެއް ނޫންކަމަށާއި އެއީ އުންމީދީ ތިލަދުންމައްޗެއް ބިނާކުރުމުގެ ނިޔަތުގައި ކުރި ކެމްޕެއިންއެއް ކަމަށެވެ. އޭނާ ވިދާޅުވީ ފާއިތުވީ ދުވަސްތަކުގައި ބައިބައިވުމުގެ މަންޒަރު ފެނުނަސް ތިލަދުންމައްޗާއި މެދު އަބަދުވެސް ފޮނި އުންމީދުތަކެއް އޮންނާނެކަމަށެވެ.

"ތިލަދުންމައްޗަށް ލޯބިޖެހުމަކީ ހަޔާތުގެ ކޮންމެ ދުވަހެއްގައި ގުނާލެވޭ ފަދަ ނަސީބެކެވެ. އަޅުގަނޑު އަދިވެސް ތިލަދުންމަތީގެ ފިކުރަށް ގަބޫލުކުރަމެވެ"، ޘަގީފް ވިދާޅުވިއެވެ.

މި ޕޯސްޓް ނިންމާލަމުން ޘަގީފް ވަނީ އޭނާއަށް ވޯޓުދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށް، ވަކިން ޚާއްސަކޮށް އޭނާއަށް މެޖޯރިޓީ ނެއްލައިދޫއަށް ޚާއްސަ ޝުުކުރެއް ރައްދުކޮށްފައެވެ. ވައިކަރަދޫ ދާއިރާއިން ޘަގީފްެގެ ބަދަލުގައި މޮޅުވީ އެމްޑީޕީން ވާދަކުރި ހަސަން ޒިޔާދު (ފިއްޓޭ) އެވެ.

Advertisement

ކޮމެންޓް

Advertisement