ހުޅުމާލެއިން ނިޔާޒަށް ލިބުނު ބޮޑު ކާމިޔާބީ ފާހަަގަކުރުމަށްފަހު ޕޯސްޓަރު ނަގަންފަށައިފި

08 Apr 2019 | 14:33

މިމަހުގެ ހަވަނަ ދުވަހު ބޭއްވިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުޅުމާލޭ ދާއިރާއަށް އެމްޑީޕީން ވާދަކުރެއްވި އަލީ ނިޔާޒަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނަތީޖާ ވެބްސައިޓުން ދައްކާ ގޮތުގައި ނިޔާޒަށް ވަނީ ވޯޓުލީ މީހުންގެ މެޖޯރިޓީ ލިބިފައެވެ. އެއީ 936ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 48.30އިންސައްތައެވެ. ނިޔާޒާއި އެންމެ ކައިރިން ވާދަކުރެއްވީ ޕީއެންސީގެ އިބްރާހިމް ފައިސަލެވެ. ފައިސަލްއަށް ލިބުނީ 518 ވޯޓެވެ.

ހުޅުމާލޭ ދާއިރާއަށް ޖުމްލަ ހަތް ކެނޑިޑޭޓުން ވާދަކުރިކަން ފާހަގަކޮށްލެެވެއެވެ.

ނިޔާޒަށް ހުޅުމާލެއިން ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް އިއްޔެ ހުޅުމާލޭގައި ވަނީ ސައިކަލް ބުރެއް ކުރިއަށް ގެންގޮސްފައެވެ. އަދި އިންތިޚާބު ނިމުމާއި އެކު ނިޔާޒު އިސްވެ ހުންނަވާ ވަނީ އޭނާގެ ކެމްޕެއިން ޕޯސްޓަރތައް ނައްޓާލާފައެވެ.

ކެމްޕެއިންގެެ ދުވަސްވަރު ވޮއިސްއާއި ވާހަކަފުޅު ދައްކަވަމުން ނިޔާޒު ވަނީ ހުޅުމާލޭގެ މުހިންމު ކަންތައްތަކެއްގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލް ތަރައްގީ ކުރަން ޖެހޭ ކަމަށާއި އަދި ހުޅުމާލެ ބެލެހެއްޓުން އެޗްޑީސީން ނަގައި ސިޓީ ކައުންސިލާއި ހަވާލުކުރަންޖެހޭކަމަށް ނިޔާޒް ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް