މިނިސްޓަރ އަސްލަމްގެ އިތުބާރު ނެތް މައްސަލަ ހުށައަޅާނަން: ޖާބިރު

09 Apr 2019 | 11:50

ޕްލޭނިންގް މިނިސްޓަރ މުހައްމަދު އަސްލަމްގެ އިތުބާރުނެތްކަމުގެ މައްސަަލަ ހުށައަޅާނެކަމުގެ އިންޒާރު ކާށިދޫ ދާއިރާއަށް އިންތިޚާބުވެ ވަޑައިގަތް އަބްދުﷲ ޖާބިރު ދެއްވައިފިއެވެ.

ޖާބިރު މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުުޅު ދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވީ މިއީ އޭނާ ޚަރަދުކޮށްގެން ގެނައި ސަރުކާރެއް ކަމަށާއި މިސަރުކާރުގެ ސީނިއާ މިނިސްޓަރަކު ރަށްރަށަށް ވަޑައިގެން އޭނާ އާއި ދެކޮޅަށް ކެމްޕޭން ކުރަން ލަދުގަންނަން ޖެހޭނެ ކަމަށެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ ދައުލަތުގެ ފައިސާ އިން ފޯން ބިލް ދެއްކީ އެބޭފުޅާއެއް ނޫންކަމަަށާއި އެއީ މިނިސްޓަރ އަސްލަމް ކަމަށެވެ.

"އަސްލަންޓޭ ދައުލަތުގެ ފައިސާ އިން ފޯން ބިލްދެއްކީ. އަސްލަންޓޭ ޖެހޭނެ މަޢާފަށް އެދެން. ނޫނިއްޔާ އޭނާގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅާނަން.” ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ އެމްޑީޕީން މަޖިލީހުގެ ގިނަ ގޮނޑިތަކެއް ނަގާފައި ވީނަމަވެސް އެހުރިހާ މެންބަރުން އެމްޑީޕީން ބުނިހާ ގޮތަކަށް ވޯޓް ނުދޭނެ ކަމަށެވެ. ސަބަބކީ އޭގެތެރޭގައި ތިބޭނެ ޖާބިރު ޚަރަދުކޮށްގެން ހޮވުނު މެންބަރުން ވެސް ތިބޭނެތީކަމަށް ފާހަަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް