Advertisement

އަޅުގަނޑުމެންނަކީ ދީނާ ހިލާފު ބައެއް ނޫން: ރައީސް ނަޝީދު

10 Apr 2019 | 09:43

އެމްޑީޕީއަކީ ދީނާއި ޚިލާފް ބައެއްނޫންކަން ބުނާ ބުނުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކުރައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެއިން ގިނަބަޔަކު ސީރިޔާއަށް ފޮނުވީ، އިސްލާމް ދީނުގެ ނަމުގައިކަމަށާއި އެމްޑީޕީން އެކަމާއި އިންކާރު ކުރީމައި ދީނާ ހިލާފު ބައެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ދީނާ ހިލާފު ބައެއް ނޫން. އެއީ ވަރަށް ބޮޑު ދޮގު ވާހަކަ އެއް"، ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ސީރިޔާއަށް ދީނުގެ ނަމުގައި އެތައްސަތޭކަ ދިވެހިން ގޮސްފައިވާ ކަމަށާއި އެތާނގައި 60، 70 އެއްހާ ދިވެހިން މަރުވެފައިވާ ކަމަށެވެ.

"ދިވެހިންގެ 400 އެއްހާ އަންހެނުން އެތާގައި ހަށިވިއްކަމުން އެދަނީ. ދެން މި ބޭފުޅުން މި ބުނަނީ އެއީ އެއް ކައިވެންޏޭ، މިވެނި ކައިވެންޏޭ، އެވެނި ކައިވެންޏޭ، ހަމަ އެކަކު މަރުވާ ތަނުން އެ އަންހެން މީހާ އެދަނީ އެކަކު އަތްމަތިން އަނެކަކު އަތް މަތިިން،"، ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސީރިޔާއަށް ދިޔަ ބައެއް ދިވެހިންގެ އާއިލާގެ ފަރާތަތްތަކުން އެމަނިކުފާނަށް އެކަންތައްތައް "ކެނޑިނޭޅި" އަންގަމުން ގެންދަވާ ކަމަށެވެ. 

Advertisement

ކޮމެންޓް