ޕާޓީން ނިންމައިފި ނަމަ، މަޖިލީހުގެ ރައީސް ކަމަށް ދިޔުމަށް ތައްޔާރު- އަސްލަމް

09 Apr 2019 | 22:42

ޕާޓީން ނިންމައިފި ނަމަ، މަޖިލީހުގެ ރައީސް ކަމަށް ދިޔުމަށް ތައްޔާރަށް ހުންނެވި ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް އޭނާ ގާބިލު ކަމަށް ޕާޓީގެ ފަރާތުން ނިންމަައިފި ނަމަ، އެކަމަށް އިންކާރު ނުކުރާނެ ކަމަށެވެ. އަދި އެމަގާމު އޭނާއަށް ލިބިގެން ދިއުމަކީ އައްޑޫ ސިޓީއަށްވެސް ލިބޭނެ ޝަރަފެއް ކަމަށްވެް އޭނާ ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސް ކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކުރީގެ ރައީސް ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް ކަމަށް އައުމަށް އެމަނިކުފާނު އެއްވެސް ޝައުވެރިކަމެއް ނެތްކަމަށެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް އަންނަން އަސްލަމް އަކީ ރަނގަޅު ޗޮއިސްއެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް އަދި ނައިބުރައީސް ކަމަށް ބޭފުޅަކު އައިަނަމަވެސް އެމަގާމުތަކަށް ތިބެންވާނީ އެމްޑީޕީގެ މެމްބަރުން ކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ލިބުމާއި ގުޅިގެން މެމްބަރު ކަމަށް އިންތިޚާބުވެފައިވާ އެ ޕާޓީގެ ބައެއް މެމްބަރުން އަންނަނީ މަޖިލީހުގެ ރައީސް ކަމަށް އައުމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

އެމްޑީޕީގެ މެންބަރުންގެ އިތުރުން މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ކާށިދޫ ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެފައިވާ އަބްދުﷲ ޖާބިރުއެވެ.

Advertisement

ކޮމެންޓް