މިހާރު މަންޓާ އެއާއިން ބ.އަތޮޅަށް ދެވޭނެ!

10 Apr 2019 | 09:20

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި މަގުބޫލުކަން ހޯދަމުންދާ މަންޓާ އެއާއިން ބ.އަތޮޅަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެގޮތުން މިހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ދުވާލަކު ދެ ފްލައިޓް މާލެއާއި ދަރަވަންދޫއާއި ދެމެދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އަދަދު ފަހުން ތިން ފްލައިޓަށް އިތުރުކުރާނެކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ.

މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އޭޓީއާރުގެ ބޯޓުތަކެއްގައިކަން ފާހަގަކޮށްލެވެއެވެ. މިއީ ޒަމާނީ ވަސީލަތްތައް ހިމެނޭ ބޯޓުތަކެކެވެ.

ދަރަވަންދޫއަށް ދަތުރުތައް ފެށުމުގެ ގޮތުން މަންޓާއިން ވަނީ ޚާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ. އެގޮތުން ބޮޑުމީހަކަށް އެއްކޮޅުގެ ޓިކެޓް 499އަށް އަދި ކުޑަކުއްޖަކަށް 249ރުފިޔާއަށް މި ޕްރޮމޯޝަންގެ ދަށުން ދަތުރުކުރެވޭނެެއެވެ.

މި ޕްރޮމޯޝަންގައި ހިމެނެނީ އެޕްރީލް މަހުގެ 11-18އަށް ދަތުރުކުރައްވާ ފަރާތްތަކެވެ. މި ޕްރޮމޯޝަންގެ ޓިކެޓްތައް އެ އެއާލައިންގެ ވެބްސައިޓުންނާއި އޭޖެންޓުން މެދުވެެރިކޮށް ގަނެވޭނެކަމަށް މަންޓާއިން މައުލޫމާތުދެއެވެ.

Advertisement

ކޮމެންޓް

Advertisement