އިންތިޚާބުގައި ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ- ކޮމަންވެލްތު

11 Apr 2019 | 09:46

ނިމިދިޔަ އިންތިޚާބަށް ތައްޔާރުވުމަށް ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާ ކަމަށް ކޮމަންވެލްތުން ބުނެފިއެވެ.

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާވް ކުުރުމަށް ފަހު އެފަރާތްތަކަށް ފާހަގަވި ކަންތައްތައް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވަފުދުން ބުނެފައިވަނީ ނިމިދިއަ އިންތިޚާބަށް ތައްޔާރުވުމަށް ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ވޯޓް ގަނެ ވިއްކުމުގެ އެތައް ކަމެއް ފާހަގަކުރެވުނު ކަމަށްވެސް އެޓީމުން ފާހަގަކުރައްވާފައިވެއެވެ.

އަދި މީގެ އިތުރުންވެސް އިންތިޚާބްގެ ތެރޭގައި ފާހަގަވި ތަފާތު ކަންތައްތައް ތަކާއި އެކަންތައްތައް ހައްލުކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް އެޓީމުގެ ފައިނަލް ރިޕޯޓްަގއި ހިމަނާނެ ކަމަށްވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ.

އިންތިޚާބަށް ތައްޔާރުވުމަށް ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ކޮމަންވެލްތުން ބުނެފައިވާއިރު އެފަރާތްތަކުން މީގެ ކުރިންވެސް ވަނީ ރާއްޖޭގައި ސަރުކާރުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ހާމަވެފައިވާ ކަމަށް ބުނެފައެވެ.

ކޮމަންވެލްތުން އެހެން ބުނެފައިވާއިރު، އެމްޑީޕީން މީގެ ކުރިން ބުނެފައިވަނީ އެޕާޓީގެ ކެމްޕެއިނަށް ސަރުކާރުގެ އެއްވެސް މުދަލެއް ބޭނުން ނުކުރާނެ ކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކުރެއްވި ބައެއް ކެމްޕެއިން ދަތުރުފުޅު ތަކުގައި ބޭނުންކޮށްފައިވަނީ ރިޔާސީ ލޯންޗްކޮޅެވެ.

Advertisement

ކޮމެންޓް

Advertisement