މެޑިކަލް ސުކޫލަށް ބޭނުންވާ ތަކެތި ހޯދަން އިއުލާން ކޮށްފި

11 Apr 2019 | 11:04

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދަރުމަވަންތަ ހޮސްޕިޓަލްގައި ޤާއިމްކުރާ އެ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލަށް ބޭނުންވާ ފަރުނީޗަރާއި، ފިކްސްޗަރސް އަދި އިކުއިޕްމަންޓް ސަޕްލައި ޑެލިވަރކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާފައެވެ.

ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭއިރު އެ ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 އިން 12:00އަށެވެ. ރަމްޟާން މަހު އެފައިސާ ބަލައިގަންނަނާނީ ހެނދުނު ދިހަ އަކުން މެންދުރު ބާރައަށެވެ.

އެ މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް މިއަދުން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށްވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.

ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި -/40,000ރ (ސާޅީސްހާސް ރުފިޔާ) ހުށަހަޅަން ޖެހޭއިރު، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 118 ދުވަސްކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

ބީލަން ހުޅުވުން އޮންނާނީ 13 މެއި 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގައި ކަމަށްވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement