މަންޓާ އެއާގެ ތިންވަނަ މަންޒިލަކަށް ތިމަރަފުށި!

21 Apr 2019 | 13:08

މަންޓާ އެއާގެ ދަތުރުތައް މިހާރަށްވުރެ ފުޅާކޮށް، އެ އެއާލައިންގެ ދަތުރުތައް ކުރާ ތިންވަނަ މަންޒިލަަކަށް ތ. ތިމަރަފުށި އެއަރޕޯޓު ހެދުމަށް ނިންމައިފިއެވެ.

މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އެ އެއާލައިންގެ ޑިރެކްޓަރ އޮފް ފްލައިޓް ހަސަން ހަނީފް ވިދާޅުވީ ރާއްޖޭގެ ހުރިހާ މަންޒިލްތަކަށްވެސް ދަތުރުކުރުމަށް ރާވާފައިވާ ކަމަށާއި އެންމެ އަވަަހަށް ތިމަރަފުއްޓަށް ކަމަށެވެ. އެއަށްފަހު ގަމާއި ކާޑެއްދޫއަށްވެސް ދަތުރުކުރާނެކަމަށްވެސް ހަނީފް ވިދާޅުވިއެވެ.

މީގެއިތުރުން މަންޓާގެ ޗީފް މާކެޓިންގް އޮފިސަރ އަހުމަދު މައުމޫން ވިދާޅުވިގޮތުގައި މަންޓާ މެދުވެރިކޮށް ހެޔޮ އަގުގައި ޓިކެޓް ނެގުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށެވެ.

އެގޮތުން ހަތްދުވަހުގެ ކުރިން ޓިކެޓް ނަގާ ފަރާތްތަކަށް ސުޕަރ ސޭވަރ އަގުތަކެއް އަދި ހަތަރު ދުވަސް ކުރިން ނަގާ ފަރާތްތަކަށް ސޭވަރ އަގުތަކެއް ލިބިގެންދާނެކަމަށް މައުމޫން ފާހަގަކުރެއްވިއެވެ. މި އަގުތަކަކީ ސުޕަރ ސޭވަރއަށް ކޮޅަކަށް 549ރުފިޔާ އަދި ސޭވަރ އަކީ 599ރުފިޔާ ކަމަަށް މައުމޫން ހާމަކުރެއްވިއެވެ.

މީގެ އިތުރުންވެސް އިތުރު ކެޓަގަރީތަކުގެ ފެއަރތައް ހިމެނޭކަމަށް މައުމޫން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement