ޖާބިރުގެ ކާމިޔާބީ ފާހަގަކުރުމަށް ހަވާ އަރުވަނީ

12 Apr 2019 | 15:13

ކާށިދޫ ދާއިރާގެ މަޖިލިސް ގޮނޑި އަށް މަޝްހޫޜު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު އިންތިޚާބުވެ ވަޑައިގެންފައިވާތީ އެކަން ފާހަގަކުރުމަށް ކާށިދޫ ދާއިރާގައި ހަވާއެރުވުމަށް ނިންމައިފިއެވެ.

ޖާބިރުގެ ކެމްޕެއިން ހަރަކާތްތައް ހިންގާ ޕޭޖުން ހާމަކޮށްފައިވާ ގޮތުގައި މިރެއާއި މާދަމާރޭ ކާށިދޫ އާއި ގާފަރުގައި ހަވާ އަރުވާނެ ކަމަށެވެ.

އެގޮތުން މިރޭ ހަވާ އެރުވުން ކުރިއަށްދާނީ ކާށިދޫގައެވެ. އަދި ގާފަރުގައި ހަވާ އެރުވުން އޮންނާނީ ހުކުރު ދުވަހުގެ ރެއެވެ.

ކާށިދޫ ދާއިރާގެ އެމްޑީޕީރައިމަރީގައި ވާދަކޮށް ނާކާމިޔާބު ވެވަޑައިގެންނެވިއެވެ. އެހން ނަމަވެސް ޖާބިރު ވަނީ އަމިއްލަގޮތުން ވާދަކުރައްވައި އެދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.

މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގައި ޖާބިރު ފާހަގަކުރެވެނީ ދާއިރާއަކަށް އެންެ ބޮޑެތި ތަރައްޤީގެ ޕްލޭން ހުށަހެޅުއްވި ބޭފުޅާގެ ގޮތުގައެވެ. އެގޮތުން ޖާބިރު ވަނީ ކާށިދޫ ދާއިރާގައި މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

އޭގެ ތެރޭގައި ކާށިދޫ ދާއިރާގައި ހޮސްޕިޓަލެއް ޤާއިމްކުރުމާއި، ކޭބްލް ކާރުގެ ޚިދުމަތް ފެށުމުގެ އިތުރުން ރިސޯޓުތައް ތަރައްޤީ ކުރުން ހިމެނެއެވެ.

Advertisement

ކޮމެންޓް