Advertisement

ޑރ ޖަމީލް މިރޭ ޕީޕީއެމްއާއި ގުޅިވަޑައިގަންނަވަނީ!

11 Apr 2019 | 19:57

ނިމި ދިޔަ ޕީޕީއެމް ސަރުކާރުގެ އިންތިހާބީ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު ޕީޕީއެމްއާއި މިރޭ އަލުން ގުޅުވަޑައިގަންނެވުމަށް ނިންމަވައިފިއެވެ.

މިކަން "ވޮއިސް"އަށް ވަނީ ޕީޕީއެމްގެ ކައުސިލް މެންބަރެއް ކަށަވަރުކޮށްދެއްވާފައެވެ.

އެގޮތުން ޑރ. ޖަމީލް ޕީޕީއެމްއާއި ގުޅިވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައިއެވެ.

ޑރ. ޖަމީލްގެ އިތުރުން އުމަރު ނަސީރުވެސް ވަނީ ޕީޕީއެމް އާއި ގުޅުވަޑައިގަތުމަށް ހުށަހަޅާފައިކަމަށް ޕީޕީއެމް ކައުންސިލްގައި ރައީސް ޔާމީން ވިދާޅުވެފައިވާކަމަށް ކައުންސިލް މެންބަރު ވިދާޅުވިއެވެ. މީގެ އިތުރުން އެބައްދަލުވުމުގައި ޕާޓީގެ އެތެރޭގެ އިންތިހާބު ބޭއްވެންދެން، ޕާޓީގެ ލީޑާޝިޕުން މަގާމެއް ދިނުމާއި ބެހޭ ގޮތުން ރައީސް ޔާމީން ހުށަހެޅުއްވުމުން އެކަމަށް ކައުންސިލުން އެއްބަސްވެފައިވާކަމަށްވެސް ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން އުމަރު ނަސީރު ވިދާޅުވީ އެންމެފަހުން ބޭއްވި ތިން އިންތިހާބުގައިވެސް ޕީޕީއެމަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވާތީ، ޕާޓީ ވަރުގަދަކޮށް ޕާޓީއާ ގުޅުމުގެ ޝައުގުވެރިކަން ރައީސް ޔާމީނަށް ހުށަހަޅުއްވާފައިވާނެކަމަށާއި ޕީޕީއެމް ވަރުގަދަކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement