ޑރ ޖަމީލް ޕީޕީއެމްއަށް ސޮއި ކުރުން ކުއްލިގޮތަކަށް ފަސްކޮށްފި
ނިމި ދިޔަ ޕީޕީއެމް ސަރުކާރުގެ އިންތިހާބީ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު ޕީޕީއެމްއާއި މިރޭ އަލުން ގުޅުވަޑައިގަންނެވުމަށް ނިންމަވައިފައި ވަނިކޮށް ކުއްލިގޮތަކަށް ޕީޕީއެމްއާއި ގުޅިވަޑައިގަތުން ފަސްކުރެވިއްޖެއެވެ.
މިކަން "ވޮއިސް"އަށް ވަނީ ޕީޕީއެމްގެ ކައުސިލް މެންބަރެއް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް ފަސްކުރެވުނު ވަކި ސަބަބެއް އަދި ސާފުވާގޮތްވަނީ ނުވެފައެވެ.
މިހާރު ހަމަޖެހިފައިވާގޮތުން ޑރ ޖަމީލް ޕީޕީއެމްއާއި ގުޅިވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެތެރޭގައިއެވެ.
އެގޮތުން މީގެކުރިން ހަމަޖެހިފައިވާގޮތުން ޑރ. ޖަމީލް ޕީޕީއެމްއާއި ގުޅިވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައިއެވެ.
ޑރ. ޖަމީލްގެ އިތުރުން އުމަރު ނަސީރުވެސް ވަނީ ޕީޕީއެމް އާއި ގުޅުވަޑައިގަތުމަށް ހުށަހަޅާފައިކަމަށް ޕީޕީއެމް ކައުންސިލްގައި ރައީސް ޔާމީން ވިދާޅުވެފައިވާކަމަށް ކައުންސިލް މެންބަރު ވިދާޅުވިއެވެ. މީގެ އިތުރުން އެބައްދަލުވުމުގައި ޕާޓީގެ އެތެރޭގެ އިންތިހާބު ބޭއްވެންދެން، ޕާޓީގެ ލީޑާޝިޕުން މަގާމެއް ދިނުމާއި ބެހޭ ގޮތުން ރައީސް ޔާމީން ހުށަހެޅުއްވުމުން އެކަމަށް ކައުންސިލުން އެއްބަސްވެފައިވާކަމަށްވެސް ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން އުމަރު ނަސީރު ވިދާޅުވީ އެންމެފަހުން ބޭއްވި ތިން އިންތިހާބުގައިވެސް ޕީޕީއެމަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވާތީ، ޕާޓީ ވަރުގަދަކޮށް ޕާޓީއާ ގުޅުމުގެ ޝައުގުވެރިކަން ރައީސް ޔާމީނަށް ހުށަހަޅުއްވާފައިވާނެކަމަށާއި ޕީޕީއެމް ވަރުގަދަކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists