Advertisement

ވެމްކޯ ކްލިކް ކޮލެޖް ކަޕް ފެށިއްޖެ!

12 Apr 2019 | 12:14

ކްލިކް ކޮލެޖުން އިންތިޒާމުކޮށްގެން ބާއްވާ ވެމްކޯ 17 ވަނަ ކްލިކް ކޮލެޖް ކަޕް ފުޓްސަލް މުބާރާތް މިއަދު ފަށައިފިއެވެ.

'ފައިވްއަ ސައިޑް' އަށް ކުޅޭ މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ އެކުވެނި ސްޓޭޑިއަމްގެ ޓާފް ދަނޑުގައެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސާގެ ގޮތުގައި ވެމްކޯ ހަމަޖެހިފައިވާއިރު ކޯސްޕޮންސާ އަކީ ހެޕީ މާކެޓް އަދި ކޮކާކޯލާއެވެ. މީޑިއާ ޕާޓްނަރެެއްގެ ގޮތުގައި ހަމަޖެހިފައިވަނީ "ވޮއިސް" އެވެ.

މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާ އެވެ. މިއަދުގެ ދަންފަޅީގައި ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:00 ން ފަށައިގެން 11:00ގެ ނިޔަލަށެވެ. އަދި މެންދުރު 15:00 އިން ފެށިގެން ރޭގަނޑު 18:30 ގެ ނިޔަލަށެވެ. މާދަމާ ކުޅުން ހަމަ ޖެހިފައިވަނީ ހެނދުނު 9:15 އިން 12:00 އަށެވެ.

ފުޓްބޯޅަ އާއި ފުޓްސްލްގެ ގަވާއިދުތައް މިކްސް ކޮށްގެން ކުޅޭ މި މުބާރާތުގައި ޖުމްލަ އަށް ޓީމަކުން ބައިވެރިވެފައިވާއިރު ޓީމުތައް ނަގައިފައިވަނީ އެ ކޮލެޖްގައި ތައުލީމު ހާސިލް ކުރަމުންގެންދާ ދަރިވަރުންނާއި ލެކްޗަރާއިންގެ އިތުރުން މެނޭޖްމަންޓް ސްޓާފުންގެ ތެރެއިންނެވެ. އެއީ އަންހެން ދެ ޓީމާއި ފިރިހެން ހަ ޓީމެކެވެ. 

Advertisement

ކޮމެންޓް