މަންޓާގެ ދަތުރުވެރިންނަށް ލިބިގެންދަނީ ސިއްހަތަށް ރަނގަޅު މޭވާއެއް!

12 Apr 2019 | 22:01

ރާއްޖޭގެ އެތެރޭގެ އުދުހުންތައް ބޭނުންކުރާ ގިނަބަޔެއްގެ ޝަކުވާއަކަށް ވެފައި އޮންނަ އެއްކަމަކީ ދަތުރުމަތީގައި ލިބޭ އިންފްލައިޓް ޚިދުމަތް، ޓިކެޓަށް ދައްކާ އަގާއި އެއްވަރު ނުވާ ވާހަކައެވެ. ނަމަވެސް ދާދިފަހުން ތަޢާރަފްކުރި މަންޓާ އެއާއިން މިވަނީ އެކަމަށް ބޮޑު ބަދަލެއް ގެެނެސްފައެވެ.

އެންމެ ފަހުގެ ޒަމާނީ މަތިންދާބޯޓުގައި އެ އެއާލައިންގެ ދަތުރުތައް ކުރަމުންދާއިރު، ފަސިންޖަރުންނަށް ފްލައިޓްގެ އެތެރެއިން ދަނީ ރާއްޖޭގެ އެހެނިހެން އެއާލައިންތަކުން ނުދޭހާ ރަނގަޅު ޚިދުމަތް ދެމުންނެވެ. އެގޮތުން މަންޓާ އެއާގެ ފަސިންޖަރުންނަށް ފްލައިޓް އެތެރޭގައި ދޭ ކާއެއްޗަކީވެސް މުޅިން ތަފާތު ކަމެކެވެ.

މަންޓާގެ ވިސްނުމުގައި ހުރީ ފަސިންޖަރުންނަށް ފްލައިޓް ތެރޭގައި ދެވޭ ކާއެއްޗަކީ އެހާ ބަރުނޫން އެއްޗަކަށް ނަހަދައި، ސިއްހަތަށްވެސް ފައިދާހުރި އެއްޗަކަށް ހެދުމަށެވެ. އެގޮތުން އެ އެއާލައިންގެ މަތިންދާބޯޓުތަކުން ވަޑައިގަންނަވާ ފަސިންޖަރުންނަށް ދެމުންގެންދަނީ ސިއްހަތަށް ފައިދާހުރި ފެހި އާފަލެކެވެ.

 ޕޮޓޯ: އަބްދުﷲ ސިނާދް

މިކަމާއި ގުޅިގެން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން މަންޓާގެ ޗީފް މާކެޓިންގް އޮފިސަރ އަހުމަދު މައުމޫން ވިދާޅުވީ ފްލައިޓްގެ ފަސިންޖަރުންނަށް ފެހި އާފަލު ދޭން ނިންމީ ފަސިންޖަރުންގެވެސް އެދުމުގެ މަތިންކަމަށެވެ.

"ފެހި އާފަލެއް ދޭން ނިންމީ ކަސްޓަމަރުންގެ ހިޔާލަށް ބަލާފަ. ބޭނުންވަނީ ފުރުޓެއް ދޭން. ގިނަ ބަޔަކު ބޭނުންވީ ގްރީން އެޕަލް. މިހާރު ގްރީން އެޕަލް ދިނަސް ކަސްޓަމަރުންގެ ހިޔާލު ބަލައި ބަދަލު އައުން އެކަށީގެންވޭ. މިއީ އަޅުގަނޑުމެން ސިލެކްޓް ކުރި އެއްޗަކަށް ވުރެ ބޮޑަށް ކަސްމަރުންގެ ޗޮއިސް އެއް" މައުމޫން ވިދާޅުވިއެވެ.

ފީޗާޑް ޕޮޓޯ: އަބްދުﷲ ސިނާދް

Advertisement

ކޮމެންޓް