ތިލަދުންމަތީގެ ގެސްޓްހައުސްތަކަށް ޚާއްޞަ ސެމިނާއެއް ބާއްވަނީ!

13 Apr 2019 | 11:57

ތިލަދުންމަތީގައި ހިންގާ ގެސްޓްހައުސްތަކާއި ގެސްޓްހައުސް މާކެޓިންގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށް ބާއްވާ މާކެޓިންގ ސެމިނާއެއް ހދ.ހަނިމާދޫގައި ބާއްވަން ތައްޔާރުވެއްޖެއެވެ.

މިހިނގާ އެޕްރީލް މަހުގެ 15 ވާ ހޯމަ ދުވަހު ހދ. ހަނިމާދޫގައި ބާއްވާ މި ސެމިނާއަކީ އެމްއެމްޕީއާރުސީއާއި މޯލްޑިވްސް ގޭޓްވޭސް އަދި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބާއްވަން ހަމަޖެހިފައިވާ ސެމިނާއެކެވެ.

ތިލަދުންމަތީގައި ގެސްޓްހައުސް ހިންގާ ފަރާތްތަކަށާއި، ގެސްޓްހައުސް މާކެޓް ކުރުމުގައި ހަކަރާކްތެރިވާ ފަރާތްތައް ޚާއްޞަކޮށްގެން ބާއްވާ މި ސެމިނާގައި އެކަށީގެންވާ ގޮތެއްގައި ގެސްޓްހައުސް ހިންގުމަށް ބޭނުންވާނެ ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާނެކަމަށް މި ސެމިނާ އިންތިޒާމްކުރާ ފަރާތްތަކުން މަޢުލޫމާތު ދެއްވައެވެ.

ސެމިނާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވާ ދާއިރާތައް:

ސެމިނާގައި ބައިވެރިވެލައްވަން ޝައުގުވެރިވާ ފަރާތްތަކަށް އޮންލައިންކޮށް ރެޖިސްޓަރ ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

Advertisement

ކޮމެންޓް