އެމްއާރުއެމްއަށް މެންބަރުން ހޯދުމުގެ މަސައްކަތް ފަށައިފި

15 Apr 2019 | 11:27

ކުރީގެ ރައިސް މައުމޫން އަބްދުލް ޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީ މޯލްޑިވްސް ރިފޯމް މޫމަންޓް (އެމްއާރުއެމް) އަށް 3000 މެންބަރުން ހަމަކުރުމުގެ މަސައްކަތް އަނެއްކާ ވެސް ފަށައިފިއެވެ.

އެމްއާރްއެމް އުފެއްދުމުގެ ހުއްދަ ދީފައި ވަނީ ފާއިތުވި ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެހިސާބުން ފެށިގެން އެމްއާރްއެމްއަށް ސޮއި ހޯދުމުގެ މަސައްކަތް ފެށި ނަމަވެސް ވަކި މަޖިލިސް އިންތިޚާބަށް އެ މަސައްކަތް ވަނީ މެދުކަނޑާލާފައެވެ.

އެމްއާރްއެމްގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުލްއަލީމް އާއި ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެޕާޓީ ރަޖިސްޓްރީ ކުރުމަށް ހުށަހެޅޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި 9 ޕާޓީއެއް މިހާރުވެސް ހިމެނޭއިރު އިތުރު ޕާޓީތަކެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުއްދަތަކެއް ދޫކޮށްފަ އެވެ.

އެމްއާރްއެމް އަކީ ރައީސް މައުމޫން އުފައްދަވާ 3 ވަނަ ސިޔާސީ ޕާޓީއެވެ. މައުމޫނު އެންމެ ފުރަތަމަ އުފެއްދެވީ ޑީއާރުއާރުޕީއެވެ. އެމަނިކުފާނުގެ ވެރިކަމުގައި އުފެއްދެވި ސިޔާސީ ޕާޓީގައި ހުންނެވުމަށްފަހު ސިޔާސީ މައިދާނުން ދުރަށް ޖެހިވަޑައިގެންނެވުމަށް ފަހުއަލުން ސިޔާސީ މަސައްކަތްޕުޅަށް ނިކުމެވަޑައިގެން މަސައްކަތްޕުޅު ފެއްޓެވުމާއި އެކު ޑީއާރުޕީގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކަށްފަހު އެ ޕާޓީ ދޫކުރެއްވުމަށް ފަހު ޕީޕީއެމް އުފެއްދެވިއެވެ.

އަދި ޕީޕީއެމްގެ ރައީސްއަކަށް އެމަނިކުފާނު ހުންނަވަނިކޮށްކޮއްކޯފުޅު އަބްދުﷲ ޔާމީން އާއި ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކެއްގެ ތެރެއިން އެޕާޓީގެ ކައުންސިލުން ވަނީ އެ މަނިކުފާނު އެ މަގާމުން ވަކިކޮށްފައެވެ. އަދި ފަހުން ސިވިލް ކޯޓަށް ހުށަހަޅައިގެން ޕާޓީ ހިންގެވުމުގެ ބާރު ރައީސް ޔާމީން ވަނީ ހޯއްދަވާފައެވެ.

Advertisement

ކޮމެންޓް

Advertisement