ބޮޑު ތަފާތަކުން ބަލިވެ ލީގް ކަށަވަރުކުރަން ލިބުނު ފުރުސަތު ޕީއެސްޖީ ނަގާލައިފި

15 Apr 2019 | 09:23

ފްރާންސް ލީގް ކަށަވަރު ކުރަން ނުކުތް މެޗުގައި 5-1 ގެ ބޮޑު ތަފާތަކުން ލީލް އަތުން ޕީއެސްޖީ ބަލިވެއްޖެއެވެ.

ނިމިދިޔަ ހަފްތާގައިވެސް ޕީއެސްޖީ ވަނީ ލީގް ކަށަވަރުކުރަން ލިބުނު ފުރުސަތު ނަގާލާފައެވެ. އެ ހަފްތާގައި ސްޓްރަސްބޯގްއައި ދެކޮޅަށް ކުޅުނު މެޗް ނިމުނީ 2-2 ކުން އެއްވަރުވެގެންނެވެ.

ލީލްއައި ދެކޮޅަށް ކުޅުނު މެޗުގެ 7 ވަނަ މިނެޓުގައި ޕީއެސްޖީގެ ޑިފެންޑަރު މޫނިއޭ އަތުން ބައިކޮޅަށް ގޯލެއް ވައިންއިރު އެޓީމުގެ ބާނެޓްވަނީ އޭގެ އިރުކޮޅެއް ފަހުން 11 ވަނަ މިނެޓުގައި ޕީއެސްޖީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ބާނެޓްއަށް ވަނީ ފުރަތަމަ ހާފް ނިމެން ގާތް ވެފައިވަނިކޮށް ދެއްކި ރަތް ކާޑާއެކު ދަނޑުން ފޮނުވާލާފައެވެ. ފުރަތަމަ ހާފުގެ ކުޅުން 1-1 ގައި އޮވެ ނިމުން އިރު ލީލް ވަނީ ދެވަނަ ހާފުގައި ޕީއެސްޖީގެ ކުޅުންތެރިޔެއް މަދުވުމުގެ ފައިދާ ނަގާ ހަތަރު ގޯލް ޖަހާފައެވެ.

މި މެޗުގައި އެމްބާޕޭ ވަނީ ދެ ގޯލް ޖަހާފައެވެ. ނަމަވެސް ރެފްރީންވަނީ އެ ދެ ގޯލަކީވެސް އޮފްސައިޑް ދެ ގޯލް ކަމުގައި ނިންމާފައެވެ.

މި ނަތީޖާއާއެކު ޕީއެސްޖީ އަދިވެސް އޮތީ އެއްވަނައިގައެވެ. އެއީ 81 ޕޮއިންޓާއެކީއެވެ. ލީލްއަށް ތާވަލުގެ ދެވަނަ ލިބެނީ 64 ޕޮއިންޓާއެކީއެވެ. 

Advertisement

ކޮމެންޓް

Advertisement