Advertisement

ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގާނޫނު ފާސްކުރީ ރާއްޖެއަށް ގެއްލުން ވާގޮތަކަށް ނޫން: އައިބީ

15 Apr 2019 | 14:49

ދިވެހިރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ޤާނޫނު އަސާސީއަށް ބަދަލުގެނެސްފައި ވަނީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

އިބްރާހިމްދީދީ މިހެން ވިދާޅުވެފައި ވަނީ މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް ޔާމީނުގެ ވެރިކަމުގައި 2015 ވަނަ އަހަރު ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކުރުމަށް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އެ އިސްލާހު ފާސްކުރި އިރު މެންބަރު އިބްރާހިމްދީދީ ވެސް ވޯޓު ދެއްވިއެވެ. 

"މި ގާނޫނަކީ ރާއްޖެ ވިއްކާލަން ނޫނީ ދައުލަތަށް ގެއްލުންވާ ގޮތަށް ދިވހި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ފާސްކުރި ގާނޫނެއް ކަމަށް ނުވަތަ އެ ނިޔަތުގައި ކުރި ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން" އައިިބީ ވިދާޅުވިއެވެ.

އައިބީ ވިދާޅުވި ގޮތުގައި ސިޔާސީ ބޭނަމަކަށްޓަކައި މި ގާނޫނު ފާސްކުރި ދުވަހުން ފެށިގެން މީޑިޔާތަކުން ޚަބަރު ފަތުރަމުން ދިޔަ ގޮތުގައ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމެއް އުފެދިގެން ދިޔަ ކަމަށެވެ. އެހެންވެ އައިބީ ވަނީ ސިޔާސީ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 



Advertisement

ކޮމެންޓް