19 މަޖިލީހުގައި "ހަކުރު ބޯ މީހުން" ވެސް ތިބެދާނެ: އައިބީ

15 Apr 2019 | 22:42

މިއަދު ބޭއްވި މަޖިލިހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އައިބީ މިހެން ވިދާޅުވި އިރު 19 މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހަކަށް ހަދާނެ ކަމަށް މަޖިލީހުގެ މެޖޯރިޓޯ ހޯދި އެމްޑީޕީން ދަނީ ބުނަމުންނެވެ.

އެއީ އެޕާޓީން މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގައި ވެސް ބުނަމުން ދިޔަ ވާހަކައެވެ.

އެޕްރީލް 6 ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގެ ފޭދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވައި ނާކާމިޔާބީ އާއި ކުރިމަތިވެ ވަޑައިގެންނެވި އައިބީ ވަނީ އަލަށް މަޖިލީހަށް އިންތިޚާބުވި ބޭފުޅުން މަޖިލީހުން ފެންނާނެތޯ ސުވާލު އުފައްދަވާފައެވެ.

އެފަދަ ބޭފުޅުން މަޖިލީހަށް އިންތިޚާބު ކުރުމަށް ސިޔާސީ ލީޑަރުން މަސައްކަތް ކުރައްވާތީ އެކަަމަށް އައިބީ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މަޖިލީހުގެ ހުރިހާ ޖަލްސާތަކަށް ވެސް ހާޒިރުވުމުގެ ރެކޯޑް އޮންނެވި އައިބީ ވިދާޅުވި ގޮތުގައި 19 ވަނަ މަޖިލީހުގައި އެންމެ ނުބައި ޖަރީމާތައް ހިންގާ މީހުން ވެސް ތިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ހުރިހާ ގޮނޑިތަކަށް އަރައި ތިބެދާނެ ހަކުރު ބޯ މީހުން ވެސް، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ވެސް އަދި ބޮޑެތި ޖަރީމާ ހިންގާ މީހުން ވެސް" އައިބީ ވިދާޅުވިއެވެ.

އައިބީ ވިދާޅުވި ގޮތުގައި މަޖިލީހަށް އެފަދަ މީހުން އިންތިޚާބު ކުރުމަކީ ރައްޔިތުންގެ ނިންމުން ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުން އެފަދަ ނިންމުންތައް ނިންމާއިރު ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމަށް އައިބީ ވިދާޅުވިއެެވެ. 

Advertisement

ކޮމެންޓް