Advertisement

ބޭރު ފަރާތްތަކަށް ބިން ނުވިއްކޭ ގޮތަށް ގާނޫނުއަސަސީ އިސްލާހުކޮށްފި

15 Apr 2019 | 15:02

ބޭރުގެ ފަރާތްތަކަށް ރާއްްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް އިސްލާހު ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަޖިލީހަށް ހުށަހެޅައިގެންނެވެ. އެހެން ނަމަވެސް އެ އިސްލާހަށް ފަހު ރާއްޖޭގެ އެއްވެސް ބިމެއް ބޭރުގެ ފަރާތަކުން މިލްކު ކޮށްފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި އިސްލާހު ހުށަހެޅުއްވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. ބޮޗޭ އަކީ މަޖިލީހުން ބޭރުގެ ފަރާތްތަކަށް ބިން ވިއްކޭ ގޮތަށް ހުށަހެޅި އިސްލާހަށް ވޯޓު ދެއްވި ބޭފުޅެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޤާނޫނު އަސާސީ އިސްލާހުކޮށްފައި ވަނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ އިސްލާހާއި އެކު 2008 ވަނަ އަހަރު މިހާރު އަމަލުކުރަމުންޑާ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ރާއްޖޭގެ ބިން ބޭރުގެ ފަރާތަކަށް މިލްކު ނުކުރެވޭނެއެވެ.

Advertisement

ކޮމެންޓް