އާޒިމާއި މަވޯޓާ ޝަރީފް ވެސް މަޖިލިހުގެ ރައީސްކަން ބޭނުން

15 Apr 2019 | 19:21

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާކަން އަނެއްކާ ވެސް އިތުރު ދެ ބޭފުޅަކު ހާމަކުރައްވައިފިއެވެ. މިފަހަރު މަޖިލީހުގެ ރައީސްކަމަށް ޝައުޤުވެރިކަން ފާޅުކުރެއްީ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) އާއި މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމެވެ.

މި 2 ބޭފުޅުންގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަދި ވިލިފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހަސަން އަފީފް އާއި ވިޔަފާރިވެރިޔާ ޖާބިރު ވެސް ވަނީ މަޖިލީހުގެ ރައީސްކަމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މެއި މަހުގެ 28 ވަނަ ދުވަހު ހުވާ ކުރުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރި ބޭފުޅުންގެ ތެރެއިން މެންބަރު އަސްލަމަށް ތާއީދު ކުރައްވައި ރައީސް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މަޖިލީހުގެ ރައީސް ހޮވާނީ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެހެންވެ މަޖިލީހުގެ ރައީސަކަށް ކޮންމެ ބޭފުޅަކު ހޮވުމުގެ ފުރުސަތު ވެސް އޮންނާނެއެވެ. 

Advertisement

ކޮމެންޓް