Advertisement

އާސެނަލް ހަތަރުވަނަ މަގާމަށް ޖެހިލައިފި

16 Apr 2019 | 08:30

ވޮޓްފޯޑްގެ އަމިއްލަ ދަނޑުގައި އެޓީމް ބަލިކޮށް އާސެނަލް ތާވަލުގެ ހަތަރުވަނަ މަގާމަށް ޖެހިލައިފިއެވެ. މި މެޗް އާސެނަލް ކޮޅަށް ބުރަވެގެން ނިމުނީ 1-0 ގެ ނަތީޖާއަކުންނެވެ.

އާސެނަލްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައިނުވާ މި މެޗުގައި އެޓީމުގެ ހަމައެކަނި ގޯލް ކާމިޔާބު ކޮށްދީނީ އޮބާމެޔާންގްއެވެ.

10 ވަނަ މިނެޓުގައި އޮބާމެޔާންގެ ގޯލް ފެނިގެން ދިޔައިރު 11 ވަނަ މިނެޓުގައި ވޮޓްފޯޑްގެ ކެޕްޓަން ޑީނީއަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭނާއަށް ރަތް ކާޑު ދައްކާފައިވަނީ އާސެނަލްގެ މެދުތެރެއަށް ކުޅެމުން އަންނަ ޓޮރެއިރާއަށް ކުރި ނުރައްކާތެރި ފައުލަކައި ގުޅިގެންނެވެ.

މެޗުގެ ބޮޑުބައި 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ނަމަވެސް ވޮޓްފޯޑްވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ.

މެޗައި ގުޅޭ ގޮތުން އާސެނަލްގެ ކޯޗް އެމެރީ ބުނީ އޭނާގެ ޓީމުގެ ފަރާތުން ކޮމްޕެޓިޓިވް ކުޅުމެއް ފެނިގެން ދިޔަ ކަމަށައި ނަމަވެސް އިދިކޮޅު ޓީމުން 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ވަގުތު ތަކުގައި އާސެނަލްއަށް މި މެޗުގައި ދެއްކި ކުޅުމައި އަޅާ ބަލާއިރު މާ ރަނގަޅު ކުޅުމެއް ދެއްކުނީސް ކަމުގައެވެ.

މި ނަތީޖާއާއެކު އާސެނަލް ހަތަރުވަނައިގަ އޮތީ 66 ޕޮއިންޓް ހަމަކޮށްގެންނެވެ.

ކުރިއަށް އޮތް މެޗުގައި އާސެނަލް ނުކުންނާނީ ޔޫރޯޕާ ލީގުގައި ނަޕޯލީއައި ދެކޮޅަށެވެ. މި ދެޓީމް ބައްދަލު ކުރި ފުރަތަމަ ލެގުގެ މެޗް އާސެނަލްވަނީ އެޓީމުގެ އަމިއްލަ ދަނޑުގައި 2-0 ކުން ކާމިޔާބު ކޮށްފައެވެ. 

Advertisement

ކޮމެންޓް