ޕީއެންސީގެ މަގާމުތައް ހޮވަން ކޮންގްރެސް ބާއްވަނީ

17 Apr 2019 | 12:54

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އިސް މަގާމްތަކަށް މީހުން ހޮވުމަށް އެޕާޓީގެ ކޮންގްރެސް ބާއްވަން ނިންމައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ޕާޓީއެއް ރަޖިސްޓްރީ ކުރެވޭތާ 3 މަސް ދުވަހުގެ ތެރޭގައި ކޮންގްރެސް ބާއްވަން ޖެހޭނެއެވެ. އިލެކްޝަންސް ކޮމިޝަނުން ޕީއެންސީ ރަޖިސްޓްރީކޮށްދިނީ ފާއިތުވި ޖެނުއަރީ މަހުގެ 31 ގައެވެ.

ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އާއި ހަވާލާދީ މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ޕާޓީގެ ކޮންގްރެސް ބާއްވާނެ ތާރީޚަކާއި ބެހޭގޮތުން މިރޭ ގޮތެއް ނިންމާނެއެވެ.

ޕީޕީއެމްގެ ތެރޭގައި އުފެދުުނު ޚިޔާލުތަފާތު ވުންތަކާއި ގުޅިގެން އުފެއްދި ޕީޕީއެމް މެދުވެރިކޮށް ސިިޔާސީ މަސައްކަތްޕުޅު ކުރިއަށް ގެންދަވަން ޔާމީނަށް ދަތިތަކެއް ކުރިމަތިވެވަޑައިގަތުމުންނެވެ.

ޕީޕިއެމްގެ ތެރޭގައި މައްސަލަތައް ޖެހުނީ އެޕާޓީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެޕާޓީން ވަކިކުރި ހިސާބުންނެވެ.އޭގެ ފަހުން ރައީސް ޔާމީން ވަނީ ކޯޓު މެދުވެރިކޮށް އެ ޕާޓީގެ ކޮންޓްރޯލް ހޯއްދަވާފައެވެ.

Advertisement

ކޮމެންޓް