ADS BY ADS BY QIBLA HAJJ & UMRAH

އަވަސްގެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހި ކޯޓަށް ދަނީ

- 4 months ago 5

ރާއްޖޭގެ ދުވަހު ނޫހެއްކަމުގައިވާ އަވަސް އޮންލައިންގެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހި ކޯޓަށް ދިޔުމަށް ނިންމައިފިއެވެ.

ADS BY ADS BY KALIMERA

މިކަން ވަނީ އަވަސް ގެ ހިއްސާދާރެއް "ވޮއިސް" އަށް ކަށަވަރުކޮށްދެއްވާފައެވެ.

އަވަސްގެ ހިއްސާދާރުންގެ މެދުގައި އަވަސް އޮންލައިން ހންގުމުގައި ހިޔާލު ތަފާތުވެ، އަވަސްގެ ފައުންޑަރ އަދި މެނޭޖިނގ އެޑިޓަރ އަހްމަދު ނާއިފް ވެސް ވަނީ އިސްތިއުފާދީފައެވެ.

އަވަސް އޮންލައިންގެ މުވަޒަފުން ވޮއިސްއަށް މައުލޫމާތު ދިންގޮތުގައި މިކަން ދިމާވެފައިވަނީ އަވަސް ހިންގުމުގައި ހުރި ކަންކަމާއި ފައިނޭންސް މެނޭޖްކުރުމުގައި ހުރި މައްސލަަތަކެއްގެ ސަބަބުންނެވެ.

ވޮއިސް ފަރާތުން އަވަސްގެ ފައުންޑަރ އަދި މެނޭޖިންގ އެޑިޓަރު އަހްމަދު ނާއިފް އަށް ގުޅާލުމުން ބުނީ މި މައްސަލާގައި ޤާނޫނީ ގޮތުން ކުރަން ހުރި ކަންކަން ހުރުމުން މިވަގުތު ކޮމެންޓް ކުރަން ބޭނުން ނުވާކަމަށެވެ

އިކޮނޮމިކް މިނިސްޓަރީގެ ލިޔެކިޔުންތަކުން ދައްކާގޮތުގައި އަވަސް ހިންގަމުން އަންނަނީ ބްރައިޓް އައިޑިއާސް ޕްރައިވެޓް ލިމިޓެޑް ނަމުގައި ހިންގާ ކުންފުންޏަކުންނެވެ.

މިކުންފުނީގައި ހަތަރު ހިއްސާދާރުން ތިބޭ އިރު މެޖޯރިޓީ ހިއްސާ އޮންނަނީ އަހްމަދު މުފީދު ކިޔާ ބޭފުޅެއް އަތުގައެވެ.

ރާއްޖޭގައި ވަނީ މީގެ ކުރިންވެސް ދުވަހު ދުވަހު ނޫހެއްގެ ހިއްސާދާރުންގެ މެދުގައި މައްސަލަތަކެއް ކުރިމަތިވެ ނޫސް ހިންގުން ހުއްޓުވާފައެވެ.

މީގެކުރިންވެސް ވަނީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ދުވަހު ނޫސް "ހަވީރު" ގެ ހިއްސާދާރުންގެ މެދުގައި ވެސް މިފަދަ މައްސަލަތަކެއް ކުރިމަތި ވުމުގެ ސަބަބުން ކޯޓުންވަނީ އެ ނޫސް ނެރުން ހުއްޓުވާފައިކަން ފާހަގަކޮށްލަންޖެހެއެވެ.

100%

0%

0%

ADS BY ADS BY DHIRAAGU
5 ކޮމެންޓް

ބުރަ މަސައްކަތް އެހެން މީހުން ކުރީމަ ދެން ތިބޭ މީހުން ތިބޭނީ ފޮނިކޮޅު ބޯލަން. އަވަސް އަކީ ނަދީމް އާއި ނިއުމަތާއި ނާއިފްގެ އެއްޗެއްކަން ރާއްޖޭގެ ނޫސްވެރިކަމުގެ އުޅޭ އެންމެން ހެކިވާނެ

ހަވީރު ނޫހުގެ ހިއްސާދާރުންގެ މެދުގަ މައްސަލަ.ޖެހުނީމަ ހުރިހާ ރުޅިގަނޑެއް ބޭލީ ރޔ އައް. އެދުވަހުން ފެށިގެން ހަވީރު ނޫހުން އައީ ރޔ ސަރުކާރައް ހެސްކިޔާފަ ބަވަމުން. އަންނިއައް ތައުރީފް.ކުރަމުން. ޢަވަސް.ނޫހިންވެސް ތިހެން ކަންނޭގެ ހަދާނީ

ހަބަރު