Advertisement

ރާއްޖޭގެ ހުރިހާ ޑޮކްޓަރުން އެއް ވިއުގައެއްތެރޭ ގުޅާލަދޭ ޕްލޭނެއް އުރީދޫއިން ތައާރަފްކޮށްފި

19 Apr 2019 | 15:25

ޑޮކްޓަރުންގެ ދުވަސް 2019 ފާހަގަ ކުރުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހާ ޑޮކްޓަރުން އެއް ވިއުގައެއްތެރޭ ގުޅާލަދީ، އެކަކު އަނެކަކަށް ހިލޭ ގުޅާލުމުގެ ފުރުސަތުދޭ ޚާއްސަ ޕްލޭނެއް އުރީދޫ އިން މިއަދު ތައާރަފްކޮށްފިއެވެ. ހަމައެހެންމެ މި ޕްލޭން މެދުވެރިކޮށް، ޓްވިޓަރ އާއި ވައިބާ ހިލޭ ބޭނުންކޮށް، އާންމުކޮށް ބޭނުން ކުރަންޖެހޭ މެޑިކަލް ވެބްސައިޓުތައް ބޭނުންކުރުމަށް ޚާއްސަ ޑޭޓާ އެލަވަންސްތަކެއްވެސް ހިމެނޭނެއެވެ.

މި މުހިއްމު ދާއިރާއަށް ޚިދުމަތް ކޮށްދިނުމުގައި ގިނަ ވަގުތު ހޭދަކުރައްވާ ޑޮކްޓަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ މި ޕެކޭޖު ތައާރަފްކޮށްފައިވަނީ، އުރީދޫ ހެޑްކުއާޓަރސްގައި ބޭއްވުނު ހަފްލާއެއްގައި، ޑޮކްޓަރސް އެސޯސިއޭޝަންގެ ރަޢީސް ޑރ. އަލީ ޝާހިދު މުހައްމަދު، އަދި އުރީދޫ މޯލްޑިވްސްގެ ސީ.އެފް.އޯ ތަވަބަލަން ޕޫބަލަސިންގަމްއެވެ.

"ދިވެހި މުޖުތަމައުގެ ދުޅަހެޔޮކަމާއި މަންފާއަށްޓަކައި، ރާއްޖޭގެ ޑޮކްޓަރުން ދެވަނައެއްނެތް ދައުރެއް އަދާކުރޭ. މި ގައުމުގެ އެކިކަންކޮޅުތަކުގައި ބުރަކޮށް މަސައްކަތްކުރަމުންދާ އެންމެހާ ޑޮކްޓަރުންނަށް، މުޅި އުރީދޫ ޓީމުގެ ފަރާތުން، ޑޮކްޓަރުނގެ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރަން. އަދުގެ މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް، ޑޮކްޓަރުންގެ މި މުހިންމު މަސައްކަތައް ތަފާތު ގޮތްތަކުން އެއްބާރުލުންދީ، އެބޭފުޅުންގެ އާއިލާ އާއި ގާތްތިމާގެ މީހުންނާއި ފަސޭހައިން ގުޅުވާލަދޭ. މިގޮތުން، ޑޮކްޓަރުންގެ ދައުރު އަގުވަޒަންކުރާ މި ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ، ދިވެހިރާއްޖޭގެ ޑޮކްޓަރުންނަށް ޙާއްސަ ޕްލޭނެއް ތައާރަފްކުރުމީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

އުރީދޫ ޑޮކްޓަރުންގެ ޕްލޭން ވަނީ ރާއްޖޭގައި ރެޖިސްޓަރ ކޮށްފައިވާ އެންމެހާ ޑޮކްޓަރުންނަށް ހުޅުވާލާފައެވެ. އަދި މި ޕެކޭޖް ޚިޔާރުކުރުމާއި އެކު، ޕެކޭޖް ބޭނުން ކުރައްވާ އެންމެހާ ޑޮކްޓަރުންގެ މެދުގައި ކުރަންޖެހޭ ހުރިހާ ކޯލެއް އަދި އެސްއެމްއެސްވެސް ހިލޭ ކުރުމުގެ މަގުފަހިވެގެންދެއެވެ. ދިވެހިރާއްޖޭގެ އެންމެހާ ޑޮކްޓަރުން އެއް ވިއުގައެއްގެ ތެރޭގައި ގުޅާލަދިނުމުގެ އިތުރުން، މި ޕްލޭންގައި ހިމެނޭ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި:

• އުރީދޫ ކްލަބް ޕްރިމިއަރގެ ފައިދާތައް ލިބިގެންދިއުން

• ރާއްޖޭގެ އެންމެ ހަލުވި 4ޖީ+ ނެޓްވަރކު މެދުވެރިކޮށް އިންޓަނެޓް ބޭނުންކުރުމަށް، ބޮޑެތި ޑޭޓާ އެލަވަންސްތައް

• ވައިބާ އަދި ޓްވިޓަރ ހިލޭ ބޭނުންކުރުމުގެ ފުރުސަތު

• ކޮޗްރޭން، ހިނާރީ ފަދަ މެޑިކަލް ވެބްސައިޓުތައް ބޭނުން ކުރުމަށް ޙާއްސަ ޑޭޓާ އެލަވަންސެއް.

އުރީދޫގެ ޑޮކްޓަރުންގެ ޕްލޭން، 1 މޭ 2019 އިން ފެށިގެން، ރާއްޖޭގެ އެންމެހާ ޑޮކްޓަރުންނަށްވެސް ޚިޔާރުކުރެވޭނެއެވެ. އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ، ދިވެހި މުޖުތަމައުތަކަށް ބޭނުންތެރި، އަދި އެބޭފުޅުންގެ ހަޔާތައް އިތުރު ފައިދާތަކާއި މަންފާ ފޯރުކޮށްދޭނެ ޑިޖިޓަލް ޙިދުމަތްތައް ފޯރުކޮށްދީ، ޑިޖިޓަލް މޯލްޑިވްސް ނުވަތަ ސުމޭކީ ދިވެހިރާއްޖެއަކަށް އެއްބާރުލުންދިނުމަށެވެ.

Advertisement

ކޮމެންޓް