ދިރާގުގެ 30 ވަނަ އަހަރީ ޢާންމު ޖަލްސާ 25 އޭޕްރިލް 2019 ގައި ބޭއްވުމަށް ހަމަޖެހިއްޖެ

19 Apr 2019 | 15:24

ދިވެހިރާއްޖޭގެ ގުޅުން ޕލކ (ދިރާގު)ގެ 30 ވަނަ އަހަރީ ޢާންމު ޖަލްސާ، 25 އޭޕްރިލް 2019 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:15 ގައި ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ

ދިރާގުގެ ޙިއްޞާދާރުންގެ ރަޖިސްޓަރީގައި ހިމެނިވަޑައިގަންނަވާ ހިއްސާދާރުންނަށް މިޖަލްސާގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރުމަށް މިހާރު ވަނީ ހުޅުވާލެވިފައިއެވެ. ރެޖިސްޓްރޭޝަން ފޯމްތައް ދިރާގު [email protected] ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ފޯމް ފުރިހަމަކުރެއްވުމަށްފަހު މަތީގައި ދެންނެވިފައިވާ އީމެއިލްއަށް އީމެއިލްކޮށް ނުވަތަ ދިރާގު ހެޑް އޮފީހުގެ ރިސެޕްޝަނަށް ހަވާލުކޮށްލެވޭނެއެވެ. އަދި ޙިއްސާދާރުންނަށް https://infinity.mv/ ލިންކުން އޮންލައިންކޮށް ރެޖިސްޓަރ ކުރެވޭނެއެވެ.

ޙިއްޞާދާރުން ރަޖިސްޓަރީ ކުރުމުގެ ސުންގަނޑިއަކީ 24 އޭޕްރިލް 2019ގެ 20:15 އެވެ. އަދި ޙިއްޞާދާރުންގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތްތައް ރަޖިސްޓަރީ ކުރުމުގެ ސުންގަނޑިއަކީ 23 އޭޕްރިލް 2019 ގެ 20:15 އެވެ.

މިޖަލްސާގެ ނޯޓިސް، ދިރާގުގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި ޖަލްސާއާއި ބެހޭ އިތުރު ތަފްސީލް ދިރާގުގެ ވެބްސައިޓުގެ ތިރީގައިވާ ލިންކުން ލިބި ވަޑައިގަންނަވާނެއެވެ.

https://www.dhiraagu.com.mv/Annual_General_Meetings.aspx

Advertisement

ކޮމެންޓް

Advertisement