ޕީއެންސީގެ ކޮންގްރެސް މިމަހުގެ 26ވަނަ ދުވަހު ބާއްވަނީ!

21 Apr 2019 | 09:39

ޕީޕަލްްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލިސް މިމަހުގެ 26ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެ ޕާޓީގެ މަޝްވަރާ މަޖިލީހުން އެކަން ނިންމިކަން އެޕާޓީން ވަނީ އިއުލާންކޮށްފައެވެ.

އެ އިއުލާންގައިވާ ގޮތުގައި ކޮންގްރެސް ގައި ވަނީ ޕާޓީގެ މަޝްވަރާ މަޖިލީހަށް ދާއިމީ ފަރާތްތަކެއް ކަނޑައެޅުމަށް ނިންމާފައެވެ. އެއީ ޕާޓީގެ ރައީސް، ދެ ނައިބު ރައީސް، މަޝްވަރާ މަޖިލީހުގެ 20މެންބަރުން، މެންބަރުންގެ ކަންތައްތައް ބަަލަހައްޓާ ކޮމެޓީގެ ފަސް މެންބަރުން، އިސްތިއުނާފު ކޮމެޓީގެ ތިން މެންބަރުން އަދި އިންތިޚާބާއި ބެހޭ ކޮމެޓީގެ ފަސް މެންބަރުންނެވެ.

ފާހަަގަކޮށްލެވޭ ގޮތުގައި ޕީއެންސީގެ ކައުންސިލް މެންބަރުންގެ ގޮތުގައި ފަސް އަންހެން ބޭފުޅުން، އަދި ފަސް ތިރީސް އަހަރުން ދަށުގެ ޒުވާނުން ހުރުން ވަނީ ލާޒިމްކޮށްފައެވެ.

މި މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 22ވަނަ ދުވަހުގެ މެންދުރުފަހު ދޭއްޖެހުމުގެ ކުރިން އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

Advertisement

ކޮމެންޓް