ހައުސިންގ މިނިސްޓްރީން ގޯތި ހަމައެއް ލަމައެއްނެތި ދޫނުކުރުމަށް މާރިޔާ ގޮވާލައިފި

12 Oct 2018 | 10:37

ހުޅުމާލޭން ވިއްކަން ހަމަޖެހިފައިވާ 400 ގޯއްޗާއި އާއި ފްލެޓް ދޫކުރުމުގައި އުސޫލުން ބޭރު ނުވާގޮތަށް ކަންކަން ކުރުމަށް މާރިޔާ ގޮވާލައްވައިފިއެވެ.

ކޯލިޝަން އިން އަންނަ މަހު ސަރުކާރު ހިންގުމާއި ހަވާލުވާއިރު ފްލެޓްތައް ދޫކުރުމުގައި އެއްވެސް މައްސަލަ އެއް ހިނގާފައި ވޭތޯބަލައި އުސޫލުން ބޭރުން އެއްވެސް ކަމެއް ހިނގައިފައިވާނަމަ އެކަން ހަމަ މަގަށް ގެންނަވާނެ ކަމުގައިވެސް މާރިޔާ ވިދާޅުވިއެވެ.

"ގޯހެއް ހިނގާފައި އޮތް ކަމަށްވާ ނަމަ އަދި އުސޫލުން ބޭރުން ކަމެއް ހިނގާފައިވާ ނަމަ އެ މައްސަލަ އަޅުގަނޑުމެން ބަލާނަން. އުސޫލެއް ނެތި ހިނގާ ކަންކަން ވެސް އަޅުގަނޑުމެން ބަލާނަން. މިހާރު އެ ނަންގަވާ ބޭފުޅުން ވެސް ވިސްނާވަޑައިގަންނަވަންވީ އުސޫލާއި ހަމައިންތޯ ކަންތައް ގޮސްފައި ވަނީ ނުވަތަ ހަވާލުވާ ބޭފުޅުން ވެސް ވިސްނާވަޑައިގަންނަވަންވީ ހިޔާ މަޝްރޫއުގައި އުސޫލާ އެއްގޮތަށްތޯ ކަންކަން ހިނގާފައި ވަނީ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވަނީ ފްލެޓްތައް ދޫކުރުމުގައި ކޮރަޕްޝަންއަށް މަގުފަހިވާގޮތަށް ކަންކަން ހުރިކަން ފާހަގަ ވެފައިވާކަމަށް ތުހުމަތުކޮށްފައެވެ.

އިބޫގެ ސަރުކާރެއްގައި ކުރީގެ އެމްޑީޕީ ސަރުކާރުގެ ވެށިފަހި މާލެ ޕޮރޮގްރާމް ކުރިއަށް ގެންދިއުމަށް ސަޕޯޓަރުން އެދިލައްވާ ފައިވާ ކަމަށް މާރިޔާ ފާހަގަ ކުރެއްވިއެވެ.

ވެށިފަހި ޕްރޮގްރާމް ހިނގާފައިވަނީ އެނގިލައްވާނެ ފަދައިން ފޯމް ހުށައެޅުއްވި ފަރާތްތަކުގެ މައުލޫމާތު ހާމަކޮށްގެންކަން މާރިޔާ ވިދާޅުވިއެވެ.

އޭގެ ބަދަލުގައި އެމްޑީޕީ ސަރުކާރުން ފަށާފައިހުރި ފްލެޓްތަކާއި ހިޔާ މަޝްރޫގެ ފްލެޓަތައް ބަހާފައިވަނީ ކޮރަޕްޝަން ހިމެނޭގޮތައްކަމަށް ތުހުމަތުކުރެއްވިއެވެ.

ފުލެޓްތައް ހަވާލް ކުރެވިގެން ދިޔައިރު މީސް މީޑިއާގައި ވަނީ މިނިސްޓަރ މުއިޒް ގެންގުޅުއްވި ލިސްޓެއްކަމަށް ބުނެ ލިސްޓެއް ދައުރުވެފައެވެ.

Advertisement

ކޮމެންޓް

Advertisement