Advertisement

ފޯކައިދޫގެ މައްޗައް މާޒިޔާ ގަދަވި އިރު އީގަލްސްއަށް ފެހެންދޫ އަތުން ފަސޭހަ މޮޅެއް

12 Oct 2018 | 04:50

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ އަދި ށ. ފޯކައިދޫ ބައްދަލުކުރި މެޗު 2-1 ކުން މާޒިޔާ ކާމިޔާބު ކޮށްފިއެވެ.

މާޒިޔާގެ ފަރާތުން ފެނުނު 2 ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 32 ވަނަ މިނެޓުގައި އަބްދުﷲ ޖުނައިދު އަދި 43 ވަނަ މިނެޓުގައި އަހްމަދު އިމާޒެވެ.

ފޯކައިދޫގެ ފަރާތުން ފެނުނު ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދީފައިވަނީ މެޗުގެ 89 ވަނަ މިނެޓުގައި މުހައްމަދު ޖައިލަމެވެ.

މި މެޗުގެ މޮޅު ކުޅުން ތެރިޔަކަށް ހޮވިފައިވަނީ މާޒިޔާގެ މުހައްމަދު ސަހާއުއެވެ.

މި މޮޅާއެކު މާޒިޔާ އޮތީ ތާވަލުގެ ތިން ވަނައިގައެވެ.

ލީގުގައި އީގަލްސް އަދި ބ. ފެހެންދޫ ބައްދަލު ކުރި މެޗު 5-0 ގެ ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ފައިވަނީ އީގަލްސްއެވެ.

މެޗުގައި ފެނުނު 5 ލަނޑުގެ ތެރެއިން 4 ލަނޑު އީގަލްސްއަށް ޖަހާދީފައިވަނީ އަހުމަދު ރިޒުވާނެވެ. މި މެޗުގައި އޭނާ ހެދި ހެޓްރިކާއެކު އެންމެ ފަހުން އޭނާ ކުޅުނު ތިން މެޗުގައި ވެސް އޭނާ ވަނީ ހެޓްރިކް ހަދާފައެވެ. އީގަލްސްގެ އަނެއް ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނައީމެވެ.

އެއް މެޗު އިތުރަށް ކުޅެ އީގަލްސް އޮތީ ތާވަލުގެ ދެވަނައިގައެވެ. ނަމަވެސް ނިއުރޭޑިއަންޓް ދެން ކުޅޭ މެޗުން މޮޅު ވެއްޖެނަމަ ދެވަނައިގަ އޮންނާނީ ނިއުރޭޑިއަންޓެވެ.

ތާވަލުގެ އެއްވަނައިގަ އޮތީ ޓީސީ ސްޕޯޓްސް ކުލަބެވެ. 

Advertisement

ކޮމެންޓް