ހުރިހާ މުސްލިމުންނަކީ ޓެރަރިސްޓުންނެއް ނޫން: ސިރިސޭނާ

23 Apr 2019 | 23:29

ސްރީލަންކާގައި ދިިރިއުޅެމުންދާ މުސްލިމް އާބާދީގެ ހުރިހާ ފަރާތްތަކަކީ ޓެރަރިސްޓުން ނޫންކަމަށް އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

ސިރިސޭނާ މިހެން ވިދާޅުވީ އާދިއްތަ ދުވަހުގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ގައުމާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ސްރީލަންކާގެ މުޅި މުސްލިމް އާބާދީ އާއި މެދު ތަފާތުކޮށް، ޝައްކުގެ ނަޒަރަކުން ނުބެލުމަށް އެދޭ ކަމަށާއި އެއީ މިހަމަލާއާއި ގުޅިގެން އެހެނިހެން ފަރާތްތަކެކޭ އެއްފަދައިން ލަންކާގެ މުސްލިމުންވެސް ކުއްލި ސިހުމެއް ތަހައްމަލްކުރަމުންދާތީ ކަމަށެވެ. އަދި ކަމާއިބެހޭ އިދާރާތަކަށް މުސްލިމުންގެ ފުރިހަަމަ އެއްބާރުލުން ލިބެމުންދާ ކަމަށް ރައީސް ފާހަަގަކުރެއްވިއެވެ.

ސިިރިސޭނާ ވަނީ އެމަނިކުފާނަށް މި ހަމަލާ ދޭނެކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާކަމަށް ވިދާޅުވެފައެވެ. އަދި އެ މައުލޫމާތު ލިބުނު ނަަމަ ފިޔަވަޅު އެޅުއްވީސްކަމަށް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު އިތުރަށް މިރޭ ވަނީ ލަންކާގެ ސަލާމަތީ ބާާރުތަކުގެ އިސްވެރިންނަށް ބަދަލު ގެންނަވާނެކަން ހާމަކުރައްވާފައެވެ.

ރައީސް ސިރިސޭނާ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ހިންގި ކަމުގައިވިޔަސް، ޚިޔާލު ފާޅުކުރުމާއި މީޑިޔާގެ މިނިވަންކަންފަދަ ޑިމޮކްރަޓިކް ކަންކަމަށް ހުރަސް ނާޅުއްވާނެކަމަށް ބަޔާންވެސް ކުރައްވާފައެވެ.

Advertisement

ކޮމެންޓް

Advertisement