މަޖިިލިސް19އިން އިންސާފު ހޯދުމަށް ގާނޫނީ ބާރު ހޯދައިދޭނެ: ނިޔާޒް

24 Apr 2019 | 12:07

އެކި ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ގާނޫނީ ބާރު ހޯދާނީ މަޖިލިސް19 އިންކަމަށް ހުުޅުމާލެ ދާއިރާގެ އިންތިޚާބީ މެންބަރ އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ނިޔާޒް މިހެން ވިދާޅުވީ ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި މަރާލެވުނު ބްލޮގަރ ޔާމީން ރަޝީދުގެ މަރާއި ގުޅިގެން އިއްޔެ ބޭއްވި ހިނގާލުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ ‏މަރާލާ އަދި ގެއްލުވާލާފައިވާ އެންމެހާ ފަރާތްތަކަށް އިންސާފު ހޯދާ ދިނުމަށް ޤާނޫނީ ބާރު ހޯދާނީ 19 ވަނަ މަޖްލިސް އިންކަމަށެވެ. ބެލެވޭ ގޮތުގައި ނިޔާ އިޝާރާތްކުރައްވާފައިވަނީ ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ތަކަށެވެ.

ނިޔާޒް އިތުރަށް ވަނީ ނިމިގެން މިދާ މަޖިލީހުން އެފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ނުކުޅެދިފައިވާކަން ފާހަގަކުރައްވާފައެވެ.

އިއްޔެ ބޭއްވި އިވެންޓްގައި ގިނަ އަަދަދެއްގެ ފަރާތްތަކުން ވަނީ ބައިވެރިވެ، ރިލްވާނާއި ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމަށް އެދިފައެވެ. މި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް